މިލަދުންމަޑުލު އުތުރުބުރީ ޅައިމަގު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިފަރާތް ހޯދުން

    މިރަށުގައި ވާރޭފެން ނަގާ ރައްކާތެރި ނިޒާމެއް ގާއިމްކުރުމުގެ މަސައްކަތަށް ކަނޑައަޅާފައިވާ ބިމުގައި ހުރި ރުއްގަހުގެ ވެރިފަރާތް ހޯދަން ބޭނުންވެއްޖެއެވެ. މިސަރަހައްދަކީ ބަނޑަހަމަގާއި ޞިއްހީ މަރުކަޒުގެ އިރުމަތީ ގޯޅި ގުޅޭ ހިސާބުން ދެކުނަށް 30 މީޓަރ އަދި ހަމަ އެހިސާބުން ފެށިގެން އިރަށް 30 މީޓަރުގެ ސަރަހައްދެކެވެ. މިސަރަހައްދުގެ ޗާޓެއް މިއިއުލާނާއެކު ވާނެއެވެ.

    ވީމާ، އެސަރަހައްދުގައި މިއިދާރާއިން 1 ން 53 ށް ރަތްކުލައިން ކަނޑާ ނަންބަރު ޖަހާ، ރަތްބަންދު އަޅާފައިވާ ރުއްގަހުގައި އެރުއްގަހުގެ ވެރިފަރާތުގެ ނަމާއި ގޭ ނަންބަރު ނުވަތަ ގޭގެ ނަން ޖެއްސެވުމަށްފަހު އެކަން 26 މާރޗް 2018 ވާ ހޯމަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން މިއިދާރާއަށް އެންގެވުމަށް ދަންނަވަމެވެ. މިގޮތަށް އަންގަވާއިރު އެތަކެތީގެ ލިސްޓެއް މިއިދާރާއިން ޖަހާފައިވާ ކަނޑާނަންބަރު އިގޭނެގޮތަށް ހުށަހެޅުމަށްވެސް ދަންނަވަމެވެ. އަދި މިރުއްގަހު މައްސަލައާއި ގުޅިގެން އެއްވެސް ފަރާތެއްގެ ސަކުވާއެއްވާނަމަ 29 މާރޗް 2018 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން މިއިދާރާއަށް އެކަން ލިޔުމަކުން  އެންގެވުމަށް ދަނަނަވަމެވެ. އަދި މިމުއްދަތުގެ ތެރޭގައި އެތަކެތީގެ ނަންބަރު ޖަހާފައި ނުވާނަމަ އަދި ސަކުވާއެއް ނުވާނަމަ ބެލެވޭނީ އެތަކެތީގެ ވެރިފަރާތް ނުވަތަ ސަކުވާއެއް ނެތީކަމުގައެވެ.

     މިހެންވެމިކަން ޢާންމުކޮށް އެންގުމަށްޓަކާ އިޢުލާންކުރީމެވެ.

19 މާރިޗު 2018
ހޯދާ