މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ދިވެހިރާއްޖެ
އިޞްލާހްކުރެވުނު ގަވާޢިދާ އެއްގޮތަށް ނޫސްތަކުގެ އެޑިޓަރު ބަދަލުކުރުން

`

 

 

މިނިސްޓްރީ އޮފް ހޯމްއެފެއާޒް

   މާލެ، ދިވެހިރާއްޖެ.     

       ނަންބަރ: (IUL)10-M/10/2018/18    

 

އިޢުލާން

 

އިޞްލާހްކުރެވުނު ގަވާޢިދާ އެއްގޮތަށް ނޫސްތަކުގެ އެޑިޓަރުން ބަދަލުކުރުމުގެ މުއްދަތު އިތުރުކުރުން

ޤާނޫނު ނަންބަރު 47/78  "ނޫސްމަޖައްލާ ފަދަ ތަކެތީގެ ޤާނޫނު" ގެ 1 ވަނަ މާއްދާގެ ދަށުން އެކުލަވާލެވިފައިވާ "ނޫސްމަޖައްލާ އާއި މިނޫންވެސް މިފަދަ ތަކެތި ރަޖިސްޓްރީކުރުމުގެ ޤަވާޢިދު" އިޞްލާޙްކުރެވިފައިވާތީ މިގަވާޢިދުގެ 10 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން ނޫސްމަޖައްލާތަކުގެ އެޑިޓަރުގެ ޝަރުޠެއްގެ ގޮތުގައި ނޫސްވެރިކަމުގެ ދާއިރާއިން ނުވަތަ ގުޅުންހުރި ދާއިރާއަކުން ޑިގްރީއެއް ހާސިލްކޮށްފައިވުމާއެކު މިނިސްޓްރީގައި ރަޖިސްޓްރީކޮށްގެން ޝާއިޢުކުރާ ނޫހެއްގައި 5 (ފަހެއް) އަހަރު ދުވަހު މަސައްކަތްކޮށްފައިވާ ފަރާތެއްކަމުގައި ވާންޖެހޭނެކަމުގައި ވަނީ ބަޔާންކޮށްފައެވެ. އެހެންކަމުން މިހާރު މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ނޫސްމަޖައްލާ އެޑިޓަރުންގެ ގެތެރެއިން  "ނޫސްމަޖައްލާ އާއި މިނޫންވެސް މިފަދަ ތަކެތި ރަޖިސްޓްރީކުރުމުގެ ޤަވާޢިދު" ގެ 10 ވަނަ މާއްދާގެ (ނ) ގައި ބުނާ ޝަރުޠުތައް ހަމަނުވާ އެޑިޓަރުން، އެމާއްދާގައި ބުނާ ޝަރުޠުތައް ހަމަވާ އެޑިޓަރުންނަށް ބަދަލުކުރުމަށް 25 މާރިޗް  2018 އަށް މުއްދަތުވަނީ އިތުރުކުރެވިފައެވެ.

ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

 01 ރަޖަބު  1439

 18 މާރިޗު  2018    

 

18 މާރިޗު 2018
ހޯދާ