މިލަދުންމަޑުލު އުތުރުބުރީ ޅައިމަގު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްރީސްކޫލް ހިންގި އިމާރާތް ކުއްޔަށް ދިނުން

     ށ.ޅައިމަގު ޕްރީ ސްކޫލް ހިންގި އިމާރާތް ކުއްޔަށް ހިފައިގެން އެތަނުގައި އުގަންނައިދިނުމުގެ މަސައްކަތެއް ކުރަން ބޭނުންވާ ފަރާތަތަކަށް އެފުރުސަތު ހުޅުވާލަމެވެ.

 

     ވީމާ، މިރަށު  ޕްރީ ސްކޫލް ހިންގި އިމާރާތް  ކުއްޔަށް  ހިއްޕަވަން  ބޭނުންފުޅުވާ  ފަރާތްތަކުން 15 މާރޗް 2018 ވާ ބުރާސްފަތި ދުވަހުގެ 13.00 ށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފްކުރެއްވުމަށްފަހު     19 މާރޗް 2018 ވާ ހޯމަ ދުވަހުގެ 13.00 ށް ކުލި ހުށަހަޅުއްވާ ފޯމް ހިއްޕަވައިގެން މިއިދާރާއަށް ވަޑައިގެންދެއްވުންއެދެމެވެ.

     މަޢުލޫމާތު ސާފްކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށާއި ގަޑިޖެހިގެން ވަޑައިގަންނަވާ ފަރާތްތަކަށް އަގުހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެވާހަކަވެސް ދަންނަވަމެވެ. މަޢްލޫމާތު ސާފު ކުރެއްވުމަށާއި، އަގު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ ބަދަލުގައި ވަޑައިގަންނަވާ ފަރާތުގެ އައިޑީކާޑުގެ ކޮޕީއަކާއެކު ސިޓީ ފޮނުއްވުންއެދެމެވެ.

 

     މިހެންވެމިކަން ޢާންމުކޮށް އެންގުމަށްޓަކާ އިޢުލާންކުރީމެވެ.

12 މާރިޗު 2018
ހޯދާ