މުލަކަތޮޅު ރަތްމަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްރޮޖެކްޓް އޮފިސަރުގެ މަޤާމަށް މީހަކު ބޭނުން ވެއްޖެ.

މަޤާމް :ޕްރޮޖެކްޓް އޮފިސަރ
ބޭނުންވާ އަދަދު :1

 

                                                   ނަންބަރު:     (IUL)363/362/2018/2

 

 

 

 

އިޢުލާނު

 

މަޤާމް: ޕްރޮޖެކްޓް އޮފިސަރ

 

މަޤާމުގެ ނަންބަރު: J-239661

 

ބޭނުންވާ ޢަދަދު: 1

 

މަޤާމުގެ ގިންތި: ދާއިމީ

 

މަޤާމުގެ ރޭންކް: MS1

 

މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ، ގްރޭޑް1

 

ސެކްޝަން:އިކޮނޮމިކް، ސޯޝަލް އެންޑް މުނިސިޕަލް ސަރވިސަސް

 

މަޤާމް އޮތް އޮފީސް: މުލަކަތޮޅު ރަތްމަންދޫ ކައުންސިލްގެ އިދާރާ

 

ވަޒީފާ އަދާކުރަންޖެހޭ ތަން: މުލަކަތޮޅު ރަތްމަންދޫ ކައުންސިލްގެ އިދާރާ / މ. ރަތްމަންދޫ

 

މުސާރަ: 5،610.00 ( ފަސްހާސް ހަސަތޭކަ ދިހައެއް ) ރުފިޔާ

 

ސަރވިސް އެލަވަންސް: 2،000.00 ( ދެހާސް ) ރުފިޔާ

ސަޕޯރޓިންގ ކޯ އެލަވަންސް: 700.00 ( ހަތްސަތޭކަ ރުފިޔާ )

 

އިތުރު އިނާޔަތްތައް:

 

 

 

 

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

 މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

1- ކައުންސިލް އިދާރާއިން ރާވާ ޕްރޮޖެކްޓްތަކާބެހޭ އެސްޓިމޭޓް، ޒިންމާދާރު ވެރިޔާ އަންގަވާ ގޮތެއްގެމަތީން ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާ ފައިލްކޮށް ބެލެހެއްޓުން

2- ކައުންސިލް އިދާރާއިން ހިންގާ ޕްރޮޖެކްޓްތަކާއި ކައުންސިލް އިދާރާ މެދުވެރުވެގެން ހިންގާ ޕްރޮޖެކްޓްތަކާ ގުޅިގެން ތައްޔާރުކުރަންޖެހޭ ރިޕޯޓްތަކާއި ލިޔުންތައް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާ ރިޕޯޓްތަކާ ލިޔުންތައް ފައިލްކޮށް ބެލެހެއްޓުން

3- ކައުންސިލް އިދާރާއާއި ކައުންސިލް އިދާރާގެ ބެލުމުގެ ދަށުގައި ހުންނަ އެހެން ޢިމާރާތްތަކާއި، ބަނދަރާއި، ފާލަމާއި، ރަށުގެ މަގުތަކާއި މަގުބައްތިތައް މަރާމާތުކޮށް ބެލެހެއްޓުމަށް ހޯދަންޖެހޭ ފައިސާގެ ތަފްޞީލްތައް ޒިންމާދާރު ވެރިޔާގެ މަޝްވަރާއާއެކު ތައްޔާރުކޮށް ކޮންމެ އަހަރެއްގެ ބަޖެޓްގައި ހިމެނުމަށްޓަކައި ބަޖެޓް ތައްޔާރުކުރުމަށް ދަތިނުވާނޭ ގޮތެއްގެމަތީން ބަޖެޓް ތައްޔާރު ކުރާ އިސް މުވައްޒަފަކާ ޙަވާލުކުރުން

4- ކައުންސިލް އިދާރާއާއި ކައުންސިލް އިދާރާގެ ބެލުމުގެ ދަށުގައި ހުންނަ އެހެން ޢިމާރާތްތަކާއި، ބަނދަރާއި، ފާލަމާއި، ރަށުގެ މަގުތަކާއި މަގުބައްތިތައްފަދަ ކައުންސިލް އިދާރާގެ ބެލުމުގެ ދަށުގައި ހުންނަ ތަންތަނާއި ތަކެއްޗަށް ލިބޭ ގެއްލުންތައް ބަލައި ޒިންމާދާރު ވެރިޔާގެ މަޝްވަރާއާއެކު އެކަންކަން އަންގަންޖެހޭ ފަރާތްތަކަށް އެންގުން

5- ރަށު ކައުންސިލުން އެކަށައަޅާ ތަރައްޤީގެ ޕްލޭންތަކާއި، ފައިނޭންޝަލް ޕްލޭންތައް ތައްޔާރުކުރުމަށް ކަނޑައެޅިފައިވާ އުޞޫލްތަކާ އެއްގޮތަށް ތައްޔާރުކޮށް ކަމާބެހޭ ފަރާތްތަކަށް ޤަވާޢިދުން ފޮނުވުމާ، އަދި ފައިލްކޮށް ބެލެހެއްޓުން

6- ކައުންސިލްގެ ޖަލްސާތަކުގެ އެޖެންޑާ، ޒިންމާދާރު ވެރިޔާގެ މަޝްވަރާއާއެކު ތައްޔާރުކޮށް ކައުންސިލް ހިންގާ ޤަވާޢިދުގައިވާ ގޮތުގެމަތީން މެމްބަރުންނާ ޙަވާލުކުރުން

7- ކައުންސިލް ޖަލްސާތަކާ، ކައުންސިލްގެ ކުއްލި ބައްދަލުވުންތަކާ، އަދި ކައުންސިލުން އެކި ފަރާތްތަކާއެކު ބާއްވާ ބައްދަލުވުންތަކާ، ކައުންސިލުން ރަށުގެ ރައްޔިތުންނާއެކު ބާއްވާ ބައްދަލުވުންތަކުގެ ޔަޥްމިއްޔާއާއި، ކައުންސިލްގެ ނިންމުންތަކާއި ކައުންސިލްގެ ޤަރާރުތައް ޤަވާޢިދުން ލިޔެ ފޮނުވަންޖެހޭ ފަރާތްތަކަށް ފުނުވުމާ އަދި ފައިލްކޮށް ބެލެހެއްޓުމާ، ކައުންސިލްގެ ނިންމުންތައް ޤަވާޢިދުން ޢާއްމު ކުރުން.

8- އެކިކަންކަމާ ގުޅޭގޮތުން ކައުންސިލުން އެކަށައަޅާ ޤަވާޢިދުތަކާ އުޞޫލްތައް  ލިޔެ ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރަންޖެހޭ ޤަވާޢިދުތަކާ އުޞޫލްތައް ގެޒެޓްގައި ޝާއިޢުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާ، އަދި ފައިލްކޮށް ބެލެހެއްޓުން

9- ކައުންސިލްގެ 6 މަސްދުވަހުގެ ރިޕޯޓާއި އަހަރީ ރިޕޯޓް އަދި ކައުންސިލް މެމްބަރުންގެ ޙާޟިރީ ރިޕޯޓް ތައްޔާރުކޮށް ޤަވާޢިދުން ފޮނުވަންޖެހޭފަރާތްތަކަށް، ކަނޑައެޅިފައިވާ މުއްދަތަށް ފޮނުވުމާ ފައިލްކޮށް ބެލެހެއްޓުން

10- އެއްގަމާއި ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ ރަޖިސްޓްރީ ބެލެހެއްޓުމާ، އެއްގަމާ ކަނޑުގައި ދުއްވާ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުމާބެހޭގޮތުން ކުރަންޖެހޭ އެންމެހައި އިދާރީ މަސައްކަތްތައް ކުރުން

11- ރަށުގައި ހުންނަ ފިހާރަތަކާއި، ސައި ހޮޓާ، ކެފޭ، ރެސްޓޯރެންޓްފަދަ ތަންތަނުގެ ރަޖިސްޓްރީ ބެލެހެއްޓުމާ އެތަންތަނާބެހޭގޮތުން ކައުންސިލްއިދާރާއިން ކުރަންޖެހޭ އެންމެހައި އިދާރި މަސައްކަތްތައް ކުރުން

12- ގޯތިން ބޭރުގައި އަމިއްލަފަރާތްތަކުން އިންދާ އަދި ކަނޑާ ރުއްގަހާއި، ރައްޔިތުންގެ ރުއްގަހުގެ ހިސާބު ޤަވާޢިދުން ބެލެހެއްޓުމާ ރުއްގަސް އިންދުމާ ރުއްގަސް ކެނޑުމާ ގުޅޭގޮތުން ކައުންސިލް އިދާރާއިން ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުން

13- ޔުނިޓްގެ މަސައްކަތްތަކާ ގުޅިގެން ސަރުކާރުގެ އިދާރާތަކުން ނުވަތަ އެނޫންވެސް ފަރާތަކުން ހޯދަންއެދޭ މަޢުލޫމާތުތައް އެއްކޮށް ޤަވާޢިދުން އެފަރާތްތަކަށް ފޮނުވުން

14- ޔުނިޓްގެ މަސައްކަތްތަކާ ގުޅިގެން ސަރުކާރުގެ އިދާރާތަކުން ނުވަތަ އެނޫންވެސް ފަރާތްތަކުން ހޯދަންޖެހޭ މަޢުލޫމާތުތައް ހޯދާ ފައިލްކުރަންޖެހޭ ތަކެތި ފައިލްކޮށް ބެލެހެއްޓުން

15- ކައުންސިލް އިދާރާގައި މަސައްކަތްކުރާ ސިވިލްސާރވިސް މުވައްޒަފުންނާ ބެހޭ ރިކޯޑްތަކާއި އިދާރީ ލިޔެކިޔުންތައް ބެލެހެއްޓުން

16- ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީއާގުޅޭ އިދާރީ ހުރިހާ މަސައްކަތްތަކެއްކުރުން

17- ކައުންސިލް އިދާރާގެ ލިޔެކިޔުމާ ބެހޭ ތަކެތީގެ ސްޓޮކް ބެލެހެއްޓުން

18- ކައުންސިލް އިދާރާގެ ހަރުމުދަލުގެ ރަޖިސްޓަރީ ބެލެހެއްޓުން

19- ރަށުގެ ތަރައްޤީއާއި ކުރިއެރުމަށް ކަމާބެހެ އެކިއެކި ދާއިރާތަކުން އަންގަވައިގެން ކުރުމަށް ޙަވާލުކުރެވޭ މަސައްކަތްތަކާއި ގުޅިގެން، އަދާކުރަންޖެހޭ އެހެނިހެން މަސްއޫލިއްޔަތުތައް އަދާކުރުމާއި ކައުންސިލް އިދާރާގެ އަދި ޔުނިޓްގެ މަސައްކަތްތަކުގެ ތެރެއިން ޚާއްޞަ ޙާލަތްތަކުގައި ޙަވާލުކުރެވޭ މަސައްކަތްތައް ކުރުން

މަޤާމުގެ ޝަރުޠުތައް:

 

1. ޕްރޮޖެކްޓް މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް، ބިޒްނަސް އެޑްމިނިސްޓްރޭޝަން، އިންފޮމޭޝަން ޓެކްނޮލޮޖީ (އައި.ޓީ)، އެޑްމިނިސްޓްރޭޝަން، ހިއުމަން ރިސޯސް މެނޭޖްމަންޓްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 

ނުވަތަ

2. ޕްރޮޖެކްޓް މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް، ބިޒްނަސް އެޑްމިނިސްޓްރޭޝަން، އިންފޮމޭޝަން ޓެކްނޮލޮޖީ (އައި.ޓީ)، އެޑްމިނިސްޓްރޭޝަން، ހިއުމަން ރިސޯސް މެނޭޖްމަންޓްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.

 

ނުވަތަ

3- ޕްރޮޖެކްޓް މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް، ބިޒްނަސް އެޑްމިނިސްޓްރޭޝަން، އިންފޮމޭޝަން ޓެކްނޮލޮޖީ (އައި.ޓީ)، އެޑްމިނިސްޓްރޭޝަން، ހިއުމަން ރިސޯސް މެނޭޖްމަންޓްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާޞިލްކޮށްފައިވުން

 

 ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަދި އިންޓަވިއު އިން ލިބޭ މާރކްސް އަށް ބަލައިގެން

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

 

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

  1. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

 

 

ވަޒީފާއަށް އެދޭ ފޯމު މިއިދާރާ (މ.ރަތްމަންދޫ ކައުންސިލް އިދާރާ)ގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓް www.csc.gov.mv އިންވެސް ފޯމް ޑައުންލޯޑް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 22 މާރޗް 2018 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން، މ.ރަތްމަންދޫ ކައުންސިލް އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް  ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected] އާއި [email protected] އެވެ. ފެކްސް ނަންބަރަކީ 6720602 އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

  އިންޓަރވިއު އޮންނާނެެ ތަނާއި މުއްދަތު: 

 

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 25 މާރޗް 2018  އާއި 29 މާރޗް 2018   އާ ދެމެދު، މ. ރަތްމަންދޫ ކައުންސިލް އިދާރާގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

 ޝޯޓްލިސްޓްކުރުން:

 

 

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10  އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 މަޤާމަށް މީހަކު ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ  ޖުމްލަ އިންސައްތަ

 

 

51 ޕަސެންޓް

 

 

އިތުރުމަޢުލޫމާތު ހޯއްދެވުމަށް:

 

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6720602 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 6720602 އެވެ. އީ-މެއިލް ކުރާނީ [email protected] ނުވަތަ [email protected] އަށެވެ.

 

 

 

           23 ޖުމާދަލްއާޚިރާ 1439

           11   މާރޗް   2018

 

 

 

 

                                          

 

11 މާރިޗު 2018
ހޯދާ