މަޤާމު:
|
ލެކްޗަރަރ (ޤުރުޢާން ޙާފިޒް)
|
ބޭނުންވާ ޢަދަދު: 1
|
މުސާރަ:
|
މަހަކު 12687.50 ރުފިޔާ
|
ސަރވިސް އެލަވަންސް:
|
މަހަކު 5437.50 ރުފިޔާ
|
އޮފީސް:
|
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
|
މަސައްކަތް ކުރަންޖެހޭ ތަން:
|
ކުއްލިއްޔާ އޮފް ޤުރުޢާން އެންޑް ސުންނަތް
|
ސްޕައިން ޕޮއިންޓް:
|
40
|
މަސައްކަތް ކުރަންޖެހޭ ވަގުތު:
|
ހެނދުނު 8:00 އިން ރޭގަނޑު 10:30 އާ ދެމެދު (ޔުނިވަރސިޓީގެ ވޯރކްލޯޑް ޕޮލިސީން މުވައްޒަފު އަދާކުރަންޖެހޭ މިންވަރަށް)
|
މަޤާމުގެ ޝަރްޠުތައް:
|
- މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 7 ގެ ސަނަދެއް ހާޞިލުކޮށްފައިވުމާއެކު ޙާފިޒު ކަމުގެ ސަނަދު ލިބިފައިވާ ފަރާތަކަށްވުން އަދި މަޤާމާ ގުޅޭ ދާއިރާއިން މަތީ ތަޢުލީމު ކިޔަވައިދިނުމުގެ ތަޖުރިބާ ލިބިފައިވުން.
|
|
|
މަޤާމުގެ މަސްއޫލިއްޔަތު:
|
- ޓޭބަލް ކުރެވޭ ޕީރިއަޑްތަކާއި، ބަދަލުގައި ނަގަންޖެހޭ ޕީރިއަޑްތައް، ވަރކްލޯޑް ޕޮލިސީއާއި އެއްގޮތަށް ނެގުން.
- ޓިއުޓޯރިއަލް ޕީރިއަޑްތަކާއި، އަމަލީ ކްލާސްތަކާއި، ޑެމޮންސްޓްރޭޝަންތަކާއި، ވަރކްޝޮޕްތަކާއި، ދަރިވަރުންގެ ފީލްޑް ވިޒިޓްތަކުގައި ހަރަކާތްތެރިވުން.
- ކިޔަވައިދިނުމަށް ހަމަޖެހިފައިވާ މުޤައްރަރާއި އެއްގޮތަށް، ތަފާތު ފެންވަރުގެ ކޯސްތަކަށް ކިޔަވައިދީ، ކޯސް ނިމުނު ގޮތުގެ މައުލޫމާތު މެނޭޖްމަންޓަށް ދިނުމާއި، އެސައިންމެންޓާއި އިމްތިޙާން ކަރުދާސްތައް ހަދައި، މާކްސްތައް ތައްޔާރުކުރުން.
- ކޮންމެ ދަރިވަރެއް ކުރިއަރާމިންވަރާއި، ހޯދާ ނަތީޖާ މޮނިޓަރކޮށް، އިސްވެރިންނަށް މަޢުލޫމާތު ދިނުން.
- އައު މުޤައްރަރުތައް ފަރުމާކުރުމާއި، މިހާރު ބޭނުންކުރަމުންދާ މުޤައްރަރުތައް އިޞްލާޙުކުރުން.
- މާއްދާތަކުގެ އިމްތިހާން ކަރުދާސްތައް ކަނޑައެޅިފައިވާ މުއްދަތުގައި ތައްޔާރުކޮށް އިމްތިހާނު ދިނުމާއި، ކަނޑައެޅިފައިވާ މުއްދަތުގައި ޕޭޕަރުތަށް މާކުކޮށް ނިންމުން.
- ޕާރޓްޓައިމް ލެކްޗަރާރުން ކިޔަވައިދެއްވާ މާއްދާތަކުގެ އިމްތިހާނު ދިނުމާއި، ކަނޑައެޅިފައިވާ މުއްދަތުގައި އިމްތިހާނު ކަރުދާސް މާކުކޮށް ނިންމުން.
- ކިޔަވައިދޭ މާއްދާތަކުގެ ފެންވަރު މަތިކުރެވޭނެ ގޮތްތައް ވިސްނައި، އެކަމަށް މަސައްކަތް ކުރުން.
- ފަންނީ މުވައްޒަފުންގެ ބައްދަލުވުން ތަކުގައްޔާއި، މާއްދާތަކުގެ ޕެނަލްތަކުގައި ބައިވެރިވެ ހަވާލުކުރެވޭ މަސައްކަތްތައް ފުރިހަމައަށް ކުރުމާއި، އަލަށް ބައިވެރިވާ މުވައްޒަފުންގެ ޢިލްމާއި ހުނަރު ތަރައްޤީ ކުރުމަށް ޔުނިވަރސިޓީއަށް އެހީތެރިވެދިނުން.
- އިލްމީ ދިރާސާތައް ކުރުމާއި، ދިރާސާތައް ޝާއިޢު ކުރުމުގައި ކުއްލިއްޔާތަކުގެ މުވައްޒަފުންނާ އެކު މަސައްކަތް ކުރުން.
- އަންޑަރ ގްރެޖުއޭޓް ދަރިވަރުން ސުޕަރވައިޒް ކުރުން.
- މާއްދާ ކޯޑިނޭޓް ކުރުމާއި ކޯސް ކޯޑިނޭޓް ކުރުން.
- މަޤާމާއި ގުޅޭގޮތުން ކުއްލިއްޔާއިން ހަވާލުކުރެވޭ ކަންތައްތައް ކުރުން.
|
އެހެނިހެން އިނާޔަތްތައް:
|
އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
- ލިބިފައިވާ ތަޢުލީމާއި ތަމްރީނު
- ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ (މަސައްކަތާ ގުޅުންހުރި ދާއިރާއިން)
- ލިބިފައިވާ ހުނަރު (އިންޓަރވިއު އަދި ޕްރެކްޓިކަލްސް)
|
ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:
|
- އެޕްލިކޭޝަން ފޯމް
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ
- ޕާސްޕޯރޓް / އައިޑީ ކާޑް މުއްދަތު ހަމަނުވާ ކޮޕީ
- ކުރިން މަސައްކަތް ކޮށްފައިވާ ތަންތަނުގެ ލިޔުން
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު
|
ސުންގަޑި:
|
މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކުން 21 މާރިޗް 2018 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް ހުށަހެޅުއްވުން އެދެމެވެ.
|