ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑްއަށް ރާއްޖެއިންބޭރުން ގެންނަ މުދާ ކުލިއަރކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

ބީލަން ހުށަހެޅުމުގެ ދަޢުވަތު

ނަންބަރު : WAMCO-LOG/IUL/2018/007

ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑްއަށް ރާއްޖެއިންބޭރުން ގެންނަ މުދާ ކުލިއަރކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ.

2018 ފެބްރުއަރީ 19 ވަނަ ދުވަހު ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑްއަށް ރާއްޖެއިންބޭރުން ގެންނަ މުދާ ކުލިއަރ ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު އިޢުލާނައި (ނަންބަރ : WAMCO-LOG/IUL/2018/006) ގުޅިގެން، އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީ، މި ޢިއުލާން (ނަންބަރ WAMCO-LOG/IUL/2018/006) ބާތިލްކޮށް އަލުން އިއުލާން ކުރަމަވެ.

ވީމާ، މިކޯޕަރޭޝަނުން ދޭ މަޢުލޫމާތާ އެއްގޮތަށް މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާވާލުގައި ބަޔާން ކުރެވިފައިވާ ތާރީޚުގައި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ހެޑް އޮފީސް (މއ. ޖަންބުގަސްދޮށުގެ، ދެވަނަ ފަންގިފިލާ) އަށް ހާޒިރުވެވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ބީލަން ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުން

14 މާރޗް 2018 (ބުދަ)

10:00 (ހެނދުނު)

ބީލަން ހުށަހެޅުން

21 މާރޗް 2018 (ބުދަ)

10:00 (ހެނދުނު)

 

 

 

 

ބީލަން ހުށަހެޅުއްވޭނީ މަޢުލޫމާތު ސެޝަންގައި ބައިވެރިވެ ވަޑައިގަންނަވާ ފަރާތްތަކަށް އެކަންޏެވެ. 21 މާރޗް 2018 ބުދަ ދުވަހުގެ ހެނދުނު 10:00 ގެ ފަހުން ގެންނަ އެއްވެސް ބީލަމެއް ބަލައެއް ނުގަނެވޭނެއެވެ. އަދި ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. 

ޕްރޮޕޯޒަލް ހުށަހަޅުއްވާއިރު މިކަމަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ދޫކުރާ މަޢުލޫމާތު ކަރުދާހުގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަކުރައްވައި ހުށަހެޅުއްވުމަށް ދަންނަވަމެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުވެވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯޒަލް ބަލައެއް ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

މިކަމާގުޅޭ ގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ ތިރީގައިވާ ނަންބަރު ގުޅުއްވުން ނުވަތަ އީމެއިލް ކުރެއްވުން އެދެމެވެ.

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް

މއ. ޖަންބުގަސްދޮށުގެ،  ތިންވަނަ ފަންގިފިލާ ، މަޖީދީމަގު

ޕޯސްޓަލްކޯޑް:20161

މާލެ، ދިވެހިރާއްޖެ.

ފޯން ނަންބަރު: 3000581  

20 ޖުމާދިލްޢާޙިރު 1439

08 މާރޗް 2018

08 މާރިޗު 2018
ހޯދާ