މިލަދުންމަޑުލު އުތުރުބުރީ މިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިރަށުގެ މިސްކިތްތަކުގައި ކުރަންހުރި ބައެއް މަރާމާތު މަސައްކަތްކުރުމާއި ބެހޭ

އިޢުލާން

މިރަށުގެ މިސްކިތްތަކުގައި ކުރަންހުރި ބައެއް މަރާމާތު މަސައްކަތްކުރުމާއި ބެހޭ

            މިކައުންސިލްގެ ނަންބަރ:(IUL)284-PR/284/2018/15އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަގު ހުށަހަޅާފައި ނުވާތީ އެ އިޢުލާން ބާތިލްކޮށް އަލުން މިކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތަށް މިރަށުގެ މިސްކިތްތަކުގެ ބައެއް މަރާމާތު މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން އިޢުލާންކުރަމެވެ.

            ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން  ތިރީގައި މިދަންނަވާ ދުވަސްތަކުގައި މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.

 

ތާރީޚް

ދުވަސް

ވަގުތު

 މަޢުލޫމާތު ސާފުކުރުން

 12 މާރިޗު 2018

 ހޯމަ

މެންދުރު ކުރި 11:30

 ބިޑް ހުށަހެޅުން

 14 މާރިޗު 2018

 ބުދަ

މެންދުރު ކުރި 11:30

               

            މިމަސައްކަތަށް އެދި ހުށައެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރ: 19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.               

           މަޢުލޫމާތު ސާފުކުރުމަށް ބައިވެރިވެ ވަޑައިނުގަންނަވާ ފަރާތްތަކާއި، ކަނޑައެޅިފައިވާ ގަޑިއަށް ހާޟިރުނުވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުސަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ.

                  18 ޖުމާދުލްއާޚިރާ 1439

                  6 މާރިޗު 2018

06 މާރިޗު 2018
ހޯދާ