ކުޅުދުއްފުށީ ޕޯޓް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
ޗީފް މެނޭޖަރ އެއްގެ މަޤާމަށް މީހަކު ހޯދުމާއި ބެހޭ

އިޢުލާން

 

ވަޒީފާގެ ފުރުޞަތު

ނަންބަރ:      IL-KPL/2018/001 

ތާރީޚް:   05 މާރިޗު 2018

މަޤާމް

ޗީފް މެނޭޖަރ 

ބޭނުންވާ ޢަދަދު:

01 (އެކެއް)

މުސާރަ:

ރުފިޔާ 8500/-

އެހެނިހެން އިނާޔަތްތައް:

-          ފިކްސްޑް އެލަވަންސް -/7000 ރުފިޔާ

-          ފޯން އެލަވަންސް -/1000 ރުފިޔާ

-          ފިކްސްޑް އޯވައިޓައިމް އެލަވަންސް:-/4000 ރުފިޔާ

ޝަރުތު:

-         ބިޒިނަސް އެޑްމިނިސިޓްރޭޝަން ދާއިރާއިން ޑިގްރީ ނުވަތަ އެއާއި އެއް ފެންވަރުގެ ސެޓްފިކެޓެއް ހާޞިލްކޮށްފައިވުން ނުވަތަ

-         ހިންގުމުގެ ދާއިރާއިން މަދުވެގެން 2 އަހަރު މަސައްކަތްކޮށްފައިވުން.

މަގާމުގެ މައިގަޑު މަސްއޫލިއްޔަތު:

  1. ކުޅުދުއްފުށި ޕޯޓް ލިމިޓެޑްގެ އެންމެހައި މަސައްކަތް އެންމެ އެކަށީގެންވާ ގޮތަށް ހިންގުމަށް ކުރަންޖެހޭ މަސައްކަތް ކުންފުނީގެ އެންމެ އިސްވެރިޔާގެ ލަފާގެ މަތިން ރާވާ ހިންގުން.
  2. ކުޅުދުއްފުށި ޕޯޓް އިން ދެވޭ ޚިދުމަތްތައް ދިނުމުގައި ޕޯޓްގެ އެކި ޔުނިޓްތަކުގެ އިސްކޮށް ޙަވާލުކޮށްފައި ތިބޭ މުވައްޒަފުންގެ މަސައްކަތްތައް މޮނީޓަރކޮށް ދެވޭ ޚިދުމަތުގެ ފެންވަރު ރަގަނޅު ކޮށް ، ކުރަންޖެހޭ ހުރިހާ ކަމެއް ރާވާ ހިންގުން.
  3. ކުޅުދުއްފުށި ޕޯޓް ލިމިޓެޑް މުދަލާއި ފައިސާގެ ހިސާބުތައް ބެލެހެއްޓުމަށް ހަމަޖެހިފައިވާ ޤަވާއިދުތަކާއި ކުންފުނީގެ ޕޮލިސީ އާއި އެއްގޮތްވާ ގޮތުގެ މަތިން ޕޯޓްގެ އެންމެހައި މުދަލާއި ހިސާބުތައް އެކަށީގެންވާގޮތަށް ހިންގުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ރާވާ ހިންގުން.
  4. ކުޅުދުއްފުށި ޕޯޓް ލިމިޓެޑް އަށް ގަންނަ ތަކެތި އާއި ޚަރަދު ކުރާ ފައިސާ، ކުންފުނީގެ ފައިނޭންސް އަދި ޕްރޮކިޔުމަންޓް ޕޮލިސީ އާއި އެއްގޮތަށް ހުރިހާ ކަމެއް ރާވާ ހިންގުން.
  5. ކުންފުނީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ރާވާ ހިންގުން.
  6. މަސައްކަތްތައް ކުރުމުގައި ކުންފުނީގެ އެންމެ އިސްވެރިޔާގެ ލަފައާއި އިރުޝާދުގެ ދަށުން މަސައްކަތް ކުރުން އަދި ކޮންމެ ކަމެއް ނިންމުމުގެ ކުރިން ކުންފުނީގެ އެންމެ އިސްވެރިޔާގެ ހުއްދަ ހޯދުމާއި އަންގަވާ ގޮތަށް މަސައްކަތްކުރުން.

މަސައްކަތް ކުރަންޖެހޭ ތަން :

ކުޅުދުއްފުށި ޕޯޓް ލިމިޓެޑް / ހދ. ކުޅުދުއްފުށި

ސުންގަޑި:

2018 މާރިޗު 11 ވާ އާދިއްތަ ދުވަހުގެ 13:00ގެ ކުރިން.

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި:

މަޤާމަށް އެދިހުށަހަޅާ ސިޓީ

ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު ( ގުޅޭނެ ފޯން ނަންބަރާއިއެކު)

ހުށަހަޅަންޖެހޭ އޮފީސް:

ކުޅުދުއްފުށި ޕޯޓް ލިމިޓެޑް / ހދ. ކުޅުދުއްފުށި

އިތުރު މަޢުލޫމާތު: 6528558 ފެކްސް: 6528149

ނޯޓް: މި އިޢުލާނާ ގުޅިގެން މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކު ގެ ތެރެއިން އިންޓަވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. އަދި ބަޔާންކުރެވިފައިވާ މަޢުލޫމާތުތައް ފުރިހަމަނުވާ ސިޓީ، ފެކްސް  ބާތިލްކުރެވޭނެ އެވެ.


17 ޖުމާދަލްއާޚިރު 1439

05  މާރޗު 2018

05 މާރިޗު 2018
ހޯދާ