މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ދިވެހިރާއްޖެ
ޒުވާނުންގެ މާދިރީގައި ބައިވެރިވުމަށް ނަން ހުށަހެޅުމުގެ މުއްދަތު އިތުރުކުރުން

ޒުވާނުންގެ މާދިރީގައި ބައިވެރިވުމަށް ނަން ހުށަހެޅުމުގެ މުއްދަތު އިތުރުކުރުން

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔަތަށް 50 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން، މި މިނިސްޓްރީއާއި ޔޫތު ލީޑަރސް ނެޓްވޯކްއާއި ގުޅިގެން ބޭއްވުމަށް ހަމަޖެހިފައިވާ ޒުވާނުންގެ މާދިރީގައި ބައިވެރިވުމުގެ ފުރުޞަތު ގިނަ ޒުވާނުންނަށް ދިނުމުގެ ގޮތުން، މި މިނިސްޓްރީގެ  ނަންބަރު: IUL)10-K/10/2018/10) އިޢުލާންގެ މުއްދަތު އިތުރުކޮށްފީމެވެ.

މި މާދިރީގައި ބައިވެރިވުމުގެ ފުރުޞަތު ރާއްޖޭގައި ރަޖިސްޓްރީކުރެވިފައިވާ ކޮލެޖް/ ޔުނިވަރސިޓީ، ހައި ސްކޫލްތަކުގެ ދަރިވަރުންނަށާއި ޖަމްޢިއްޔާ ޖަމާޢައްތަކުގައި ހަރަކާތްތެރިވާ ބޭފުޅުންނަށާއި އަދި މީގެ އިތުރުން އުމުރުން 18 އަހަރު ފުރި 30 އަހަރު ނުފުރޭ ޒުވާނުންނަށް ލިބިގެންދާނެއެވެ.

ވީމާ، މި މާދިރީގައި ބައިވެރިވުމަށް ޝައުޤުވެރިވާ ޒުވާނުން މިކަމަށް އެދި ހުށަހަޅާ ފޯމް މި މިނިސްޓްރީއަށް 04 މާރިޗު 2018 ވާ އާދީއްތަ ދުވަހުގެ 14:00ގެ ކުރިން ފޮނުއްވުން އެދެމެވެ. މާދިރީގައި ބައިވެރިވުމަށް އެދި ހުށަހަޅާ ފޯމް މި މިނިސްޓްރީގެ ކައުންޓަރުންނާއި މި މިނިސްޓްރީގެ ވެބްސައިޓްއިން ލިބެންހުންނާނެއެވެ. (http://homeaffairs.gov.mv/files/maadhiree-form-new.pdf)

10  ޖުމާދަލްއާޚިރާ  1439

26 ފެބުރުވަރީ 2018
ހޯދާ