މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ދިވެހިރާއްޖެ
މިނިސްޓްރީ ފޮޅާ ސާފުކުރުން 1 އަހަރު ދުވަހަށް ބަޔަކު ހޯދުން

`

 

މިނިސްޓްރީ އޮފް ހޯމްއެފެއާޒް

 މާލެ، ދިވެހިރާއްޖެ.                                           

                                                        ނަމްބަރ: (IUL)10-F/10/2018/16 

އިޢުލާން

             މި މިނިސްޓްރީ ހިންގަމުން ގެންދާ  ވެލާނާގެ (10 ވަނަ) ފަންގިފިލާ  1 ( އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ފޮޅާ ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު: (IUL)10-F/10/2018/06 (30 ޖަނަވަރީ 2018) އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ ހުރި އަންދާސީ ހިސާބު ތަކުގެ އަގުތައް ބޮޑުކަމަށް ފެންނާތީ އެއިޢުލާން ބާތިލްކޮށް އަލުން އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރީމެވެ.     

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 01 މާރިޗު 2018 ވާ ބުރާސްފަތި  ދުވަހުގެ 11:00 ށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 05 މާރިޗު 2018 ވާ ހޯމަ  ދުވަހުގެ 11:00ށް މި މިނިސްޓްރީއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި،ގަޑިއަށް ވަޑައި ނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައި ނުގަނެވޭނެކަމުގައި ދެންނެވީމެވެ.‏

               10 ޖުމާދަލްއާޚިރާ 1439

                26 ފެބުރުވަރީ   2018   

 

 

26 ފެބުރުވަރީ 2018
ހޯދާ