މިލަދުންމަޑުލު އުތުރުބުރީ ޅައިމަގު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުނިއުކާލުމާއި ކުނިނައްތާލުމާބެހޭ

            މިހާރަކަށްއައިސް މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ދިރިއުޅެމުން ގެންދާގޯތިތަކާއި، ފަޅުގޯތިތަކާއި، އަދި ދޫކޮށްފައިވާ ގެވަޅުތަކުގައި، އެސަރަހައްދުގައި ދިރިއުޅެމުންދާ އާންމުރައްޔިތުންގެ ސިއްޙަތަށާއި އަދި ގެދޮރަށް ގެއްލުންވެ އުނދަގޫވާ ގޮތަށް ބައެއް ފަރާތްތަކުން ކުނި އަންދަމުންދާކަމުގެ ޝަކުވާ ކައުންސިލްއަށް ލިބެމުންދެއެވެ.

            އެގޮތުން ޅައިމަގު ކައުންސިލްގެ ކުނި އުކާލުމާއި، ކުނި ނައްތާލުމާއި ބެހޭ ޤަވައިދު ނަންބަރ 2013/R-431 (10 އޮކްޓޯބަރ 2013) ގައި ގެޒެޓު ކުރެވިފައިވާ ޤަވައިދުގެ (7) ވަނަ މާއްދާ، އަމިއްލަ ގޯތީގައި ކުނި އެންދުމާއި، (8) ވަނަ މާއްދާ، އަމިއްލަ ގޯތީގައި އެންދުން މަނާ ތަކެއްޗާއި، (9) ވަނަ މާއްދާ، އަމިއްލަގޯތީގައި ކުނި ޖަމާކުރުމާއި އަދި ޅައިމަގު ކައުންސިލްގެ ތިމާވެށި ހިމާޔަތް ކުރުމާއި ބެހޭ ގަވާއިދުގެ (9) ވަނަ މާއްދާގެ (ރ) ގައި ބަޔާން ކުރެވިފައިވާ ގޮތުގެމަތިން، މިރަށުގެ މީހުން ދިރިއުޅޭ ސަރަހައްދުތަކުގެ ގޯތިތަކާއި ބިންތަކާއި އަދި ދިރިއުޅުމަށް ދޫކޮށްފައިވާ ގެވަޅުތަކުގައި، މީގެފަހުން ކުނި އަންދާ ހެދުމަކީ މަނާކަމެކެވެ.

            މިހެންވެ މިކަން އާންމުކޮށް އެންމެހާ ފަރާތްތަކަށް އަންގާ އިއުލާންކުރަމެވެ.

25 ފެބުރުވަރީ 2018
ހޯދާ