ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ކެޕްޓަން (ލޭންޑިންގ ކްރާފްޓް)

އިޢުލާން

ނަންބަރު:WAMCO-HR/IUL/2018/007    

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލު މީހުންނެވެ.

މަޤާމު

 ކެޕްޓަން (ލޭންޑިންގ ކްރާފްޓް)

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން


އޮފިސަރ

މުސާރައާއި ޢިނާޔަތްތައް

މަހަކު -/20،000 ރުފިޔާއާއި -/25,000 ރުފިޔާއާ ދެމެދު (ހާސިލުކޮށްފައިވާ ތަޢުލީމާއި މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް)

މުސާރައިގެ އިތުރުން ރިސްކް އެލަވަންސް ގެ ގޮތުގައި 3،000 ރުފިޔާ ލިބިލައްވާނެއެވެ.

ވަޒިފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް

ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)

ޝަރުޠު

 

1. ދިވެހިރާއްޖޭގެ ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް (ސީއާއި ޑީ) ލިބިފައިވުން.

2. 350ޓަނަށްވުރެ މަތީ  ކެޕޭސިޓީގެ  2  އިންޖީނުލީ  ކަނޑު  އުޅަނދުފަހަރު  ދުއްވުމުގެ  ދާއިރާއިން މަދުވެގެން 5 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

3. ޓްރާސްޕޯޓް އޮތޯރިޓީން ދޫކުރާ ނިޔަމިކަމުގެ ސެޓުފިކެޓު ލިބިފައިވުން.

4. ތަޢުލީމީ ފެންވަރު ދަށްވެގެން ގްރޭޑް 7 ގެ ފެންވަރު ހުރުމާއެކު، ދިވެހިބަހުން ފަރިތަކޮށް މުޢާމަލާތްކުރަން އެނގުން.

5. އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރެވޭނެ ފަރާތެއްކަމުގައިވުން.

6. މަޤާމުގެ މަސްއޫލިއްޔަތު އަދާކުރެވޭފަދަ ޞިއްޙަތެއްގައިހުރި މީހަކުކަމުގައިވުން.

 

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

1. ކޯޕަރޭޝަނުން ކުރަންޖެހޭ ދަތުރުތައް ކުރުމާއި، އެކިއެކި ސައިޓްތަކަށް ބޭނުންވާ ތަކެއްޗާއި މީހުން ގެންގޮސް ގެނެސްދިނުން.

2. އުޅަނދަށް ބޭނުންވާ މަރާމާތުތައް ކުރުމާއި، މަރާމާތުތައް ކުރުމާއި، ގެއްލުންތައް ރިޕޯޓްކުރުމާއި، މަރާމާތަށް ބޭނުންވާ ހުއްދަ ހޯދުމާއި، މަސައްކަތް ހިނގާނުހިނގާގޮތް ބެލުން.

3. އުޅަނދު ސާފުކޮށް ބެލެހެއްޓުމާއި، ކަމާ ގުޅުންހުރި ރިޕޯޓްތައް ތައްޔާރުކުރުމާއި، ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.

4. އުޅަނދަށް ބޭނުންވާ ތެލާއި އިތުރު ވަސީލަތްތައް ހޯދުމާއި ބެލެހެއްޓުމާއި ބޭނުންކުރެވޭގޮތް މޮނިޓަރކުރުން.

5. އުޅަނދާއި ދަތުރުކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.

6. މަތީގައިވާ ކަންކަމުގެ އިތުރުން، ކޯޕަރޭޝަނުން ކުރިއަށްގެންދާ އިތުރު ކަންތައްތަކުގައި ޢަމަލީގޮތުން ބައިވެރިވުން.

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

  • މަސައްކަތާ ގުޅުން ހުރި ދާއިރާއިން ލިބިފައިވާ ތަޢުލީމާއި ތަޖުރިބާ؛
  • ކޯޕަރޭޝަންގެ މަސައްކަތްތައް ކުރިއަށް ގެންދިއުމާއި ގުޅުންހުރި ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރި ވެފައިވާ މިންވަރު.
  • އިންޓަރވިއު

ހުށަހަޅަންޖެހޭ ތަކެތި:

 

  1. ވަޒީފާއަށް އެދި ހުށަހަޅާ ފޯމު (ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑްގެ މައި އޮފީހުގެ ކައުންޓަރުން އަދި މި ކޯޕަރޭޝަންގެ ވެބްސައިޓް (www.wamco.com.mv) އިން ލިބިވަޑައިގަންނަވާނެ).
  2. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު
  3. ލިބިފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ،
  4. ޕޮލިސް ރިޕޯޓު (ނެގި ފަހުން 03 މަސްދުވަސް ހަމަނުވާ)
  5. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު) ކޮޕީ

ސުންގަޑި އަދި ވަޒީފާއަށް އެދި ހުށަހަޅުއްވާނެ ތަން:

  1.  28 ފެބްރުއަރީ 2018 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން، ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)ގެ މައި އޮފީހަށް (މއ. ޖަންބުގަސްދޮށުގެ، 3 ވަނަ ފަންގިފިލާ) ހުށަހެޅުއްވުން.

އިތުރު މަޢުލޫމާތު:

ކޯޕަރޭޝަނުން އިންޓަވިއުއާއި އިމްތިޙާންކުރުމަށް ގުޅާނީ، ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް އެކަންޏެވެ.

މަޢުލޫމާތު ފުރިހަމަ ނުވާ ފޯމު، އަދި ލިޔެކިޔުންތައް ހަމަ ނުވާ އެޕްލިކޭޝަން ބާޠިލުކުރުމުގެ ޙައްޤު ކޯޕަރޭޝަނަށް ލިބިގެންވެއެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް – ނަންބަރު 3025803 އަށް ގުޅުއްވުން އެދެމެވެ.

22 ފެބްރުއަރީ 2018

 

 

22 ފެބުރުވަރީ 2018
ހޯދާ