މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ދިވެހިރާއްޖެ
ޖުވަނައިލް ޖަސްޓިސް ޔުނިޓްގެ އެއަރކޯންތައް 1 އަހަރަށް ސަރވިސްކުރުން

`

 

މިނިސްޓްރީ އޮފް ހޯމްއެފެއާޒް

    މާލެ، ދިވެހިރާއްޖެ.                                              ނަމްބަރ: (IUL)10-F/10/2018/11  

 

އިޢުލާން

              މި މިނިސްޓްރީގެ ދަށުން ކުލުނުވެހި (ޝީ ބިލްޑިންގ 07 ވަނަ ފަންގިފިލާ) ގައި ހިންގަމުން ގެންދާ ޖުވެނައިލް ޖަސްޓިސް ޔުނިޓްގެ އެއަރކޯންތައް  ، 1 ( އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ސަރވިސްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

             ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 21 ފެބުރުވަރީ 2018 ވާ ބުދަ  ދުވަހުގެ 13:00 ށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 25 ފެބުރުވަރީ 2018  އާދީއްތަ ދުވަހުގެ 11:00ށް މި މިނިސްޓްރީއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި،ގަޑިއަށް ވަޑައި ނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައި ނުގަނެވޭނެކަމުގައި ދެންނެވީމެވެ.

‏29 ޖުމާދަލްޢޫލާ 1439

‏15 ފެބުރުވަރީ   2018  

 

 

15 ފެބުރުވަރީ 2018
ހޯދާ