ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ކެމްޕަސް ކޯރޑިނޭޓަރ

އިޢުލާން

ތިރީގައި މިދަންނަވަނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ކުންފުނި "އައި.ޔޫ.އެމް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް" އިން ހުޅުވާލެވިފައިވާ ވަޒީފާގެ ފުރުޞަތުތަކެވެ.  

ވަޒީފާގެ ފުރުޞަތު

މަޤާމު:

ކެމްޕަސް ކޯރޑިނޭޓަރ

ބޭނުންވާ ޢަދަދު 1

މަސައްކަތް ކުރަންޖެހޭތަން:

އައި.ޔޫ.އެމް ލ.ފޮނަދޫ ކެމްޕަސް

އަސާސީ މުސާރަ:

މަހަކު 5000.00ރުފިޔާ

އެލަވަންސް:

1. ސާރވިސް އެލަވަންސް: ދުވާލަކަށް 50.00ރުފިޔާ

2. ވަޒީފާއަށް ނިކުންނަ ކޮންމެ ދުވަހަކަށް ދޭ އެލަވަންސް: ދުވާލަކަށް 60.00ރުފިޔާ

4. ފޯން އެލަވަންސް: މަހަކު 200.00ރުފިޔާ

5. އިތުރު ގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ އެލަވަންސް ލިބޭނެއެވެ.

މަޤާމުގެ ޝަރުޠުތައް:

  1. އެޑިއުކޭޝަން/މެނޭޖްމަންޓްގެ ދާއިރާއަކުންދިވެހިރާއްޖޭގެގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5/4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،
  2. މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކެންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ،
  3. ސާނަވީ އިމްތިޙާނުން 2 މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއިއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައި ވުމާއެކު، އެޑިއުކޭޝަން/މެނޭޖްމަންޓްގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • ކެމްޕަހުގައި ހިންގާ ކޯސްތަކުގެ ރިކޯޑް ބެލެހެއްޓުމާއި ދަރިވަރުންގެ ރިކޯޑް ބެލެހެއްޓުން.
  • ދަރިވަރުންގެ ފީ ބަލައިގަތުމުގެ އިންތިޒާމް ބެލެހެއްޓުމާއި، ފީ ކަލެކްޓްކުރުން
  • ފީ ލިބިފައިވާ ގޮތުގެ ތަފްޞީލީ ރިޕޯރޓް އައިޔޫއެމް ހޯލްޑިންގސްއަށް ގަވާއިދުން ރިޕޯރޓް ކުރުން.
  • ކެމްޕަސް ހިންގުމުގައި ކުރަން ޖެހޭ އެންމެހައި ކަންކަން  އައިޔޫއެމްހޯލްޑިންސްއާއި ގުޅިގެން ކުރުމާއި، އެކަންކަން ޤަވާއިދުން ރިޕޯރޓް ކުރުން
  •  ލެކްޗަރާއިންނާ ގުޅޭ އެންމެހާ ކަންކަން ހިންގާ ބެލެހެއްޓުން.
  • ކެމްޕަހުގެ ބެލުމުގެ ދަށުގައި ހުރި އިމާރާތްތައް ބެލެހެއްޓުމާއި، ކުރަން ޖެހޭ މަރާމާތްތައް އައިޔޫއެމް ހޯލްޑިންގސް އާއި ގުޅިގެން ކުރުން.
  • މީގެ އިތުރުން ކެމްފަހުގައި ހިންގުމަށް ކަނޑައެޅިފައިވާ ކޯސްތައް ހިންގުމުގައި ކުރަންޖެހޭ އެހެނިހެން ކަންކަން ކުރުން.

ސުންގަޑި އަދި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް

ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން އައިޑީ ކާރޑް ކޮޕީ، ސީވީ، ޕާސްޕޯޓް ސައިޒް ފޮޓޯ އަދި ސެޓްފިކެޓް ތަކުގެ (އެކްރިޓެޑް އަދި އެޓެސްޓް ކުރެވިފައިވާ) ކޮޕީ [email protected] އީމެއިލްއަށް 20 ފެބުރުވަރީ   2018ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން އީމެއިލް  ކުރަންވާނެއެވެ.

15 ފެބުރުވަރީ 2018
ހޯދާ