މިލަދުންމަޑުލު އުތުރުބުރީ ޅައިމަގު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2018 ވަނަ އަހަރުގެ ފުރަތަމަ ރައްޔިތުންގެ ބައްދަލުވުމުގެ ދައުވަތު

              ދިވެހިރާއްޖޭގެ އިދާރީދާއިރާތަށް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 110ވަނަ މާއްދާގެދަށުން ކައުންސިލްތަކަށް އަހަރަކު ދެފަހަރު ބޭއްވުމަށް ލާޒިމްކުރާ ރައްޔިތުންގެ ބައްދަލުވުންތަކުގެ ތެރެއިން 2018 ވަނައަހަރުގެ ފުރަތަމަ ބައްދަލުވުން 18 ފެބްރުއަރީ 2018 ވާ އާދީއްތަ ދުވަހުގެ ރޭ 21:00 ގައި ޅައިމަގު ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައި ބާއްވާގޮތަށް ހަމަޖައްސައިފީމެވެ. މިބައްދަލުވުމުގައި 2017 ވަނަ އަހަރުގެ މިކައުންސިލްގެ އަހަރީ ރިޕޯޓާއި، މާލީ ރިޕޯޓް، 2018 ވަނައަހަރުގެ މިކައުންސިލްގެ އާމްދަނީއާއި ބަޖެޓާއި 2018 ވަނަ އަހަރުގެ މަސައްކަތު ތާވަލުގެ މަޢުލޫމާތު ދިނުމާއި، 2018 ވަނައަހަރު މިކައުންސިލުން ހިންގުމަށް ހަމަޖެހިފައިވާ ކަންކަމުގެ މަޢުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމާއި އަދި ރައްޔިތުންގެ ފަރާތުން ކައުންސިލަށް ޙިއްޞާކުރުމަށް ބޭނުންވާ ކަންކަން ޙިއްޞާކުރުމަށްވަނީ ހަމަޖެހިފައެވެ.

ވީމާ، މިބައްދަލުވުމުގައި ބައިވެރިވެލެއްވުމަށް 18 ފެބްރުއަރީ 2018 ވާ އާދީއްތަދުވަހުގެރޭ 21:00 ށް ޅައިމަގު ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމަށް ވަޑައިގެންދެއްވުން އެދި ރަށުގެ ރައްޔިތު ފިރިހެނުންނަށާއި އަންހެނުންނަށް ދައުވަތުއަރުވަމެވެ.

              މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރަމެވެ.

12 ފެބުރުވަރީ 2018
ހޯދާ