މިލަދުންމަޑުލު އުތުރުބުރީ މިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިރަށުގެ މިސްކިތްތަކާއި ކައުންސިލް ބެލުމުގެ ދަށުގައިވާ ތަންތަން އާބާތުރަ ފިލުވުން

އިޢުލާން

މިރަށުގެ މިސްކިތްތަކާއި ކައުންސިލް ބެލުމުގެ ދަށުގައިވާ ތަންތަން އާބާތުރަ ފިލުވުން

 

            މިކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތަށް މިރަށުގެ މިސްކިތްތަކާއި މިކައުންސިލްގެ ބެލުމުގެ ދަށުގައިވާ ތަންތަން އާބާތުރަ ފިލުވުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

            ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން  ތިރީގައި މިދަންނަވާ ދުވަސްތަކުގައި މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.

 

ތާރީޚް

ދުވަސް

ވަގުތު

 މަޢުލޫމާތު ސާފުކުރުން

 20 ފެބްރުއަރީ 2018

 އަންގާރަ

މެންދުރު 12:00

 ޕްރޮޕޯސަލް ހުށަހެޅުން

 22 ފެބްރުއަރީ 2018

 ބުރާސްފަތި

މެންދުރު 12:00

               

            މިމަސައްކަތަށް އެދި ހުށައެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރ: 19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.               

           މަޢުލޫމާތު ސާފުކުރުމަށް ބައިވެރިވެ ވަޑައިނުގަންނަވާ ފަރާތްތަކާއި، ކަނޑައެޅިފައިވާ ގަޑިއަށް ހާޟިރުނުވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުސަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ.

                  26 ޖުމާދުލްއައްވަލް 1439

                  12 ފެބްރުއަރީ 2018

12 ފެބުރުވަރީ 2018
ހޯދާ