މިލަދުންމަޑުލު އުތުރުބުރީ ޅައިމަގު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރު ތޮށިގަނޑުމަތީގައި މަސްކަނޑައި ފަޅުތެރެއަށް މަސްކަރު އެޅުމާބެހޭ

މިހާރަކަށްއައިސް ރަށުގެ ބަނދަރުގެ ތޮށިގަނޑުމަތީގައި މަސްކަނޑައި، ފަޅުތެރެއަށް މަސްކަރު އަޅާކަން މިކައުންސިލަށް ވަނީ ފާހަގަކުރެވިފައެވެ. ބަދަރު ސަރަޙައްދަކީ ގިނައަދަދެއްގެ ރައްޔިތުން ފިނިކޮށްލުމަށާއި ހިތްހަމަޖައްސާލުމަށް ނުކުންނަ ތަނެކެވެ. އަދި ރަށުން ބޭރުން އަންނަ މީހުންނަށްވެސް ފުރަތަމަ ފެންނާނީ ބަނދަރު ސަރަޙައްދުކަމަށްވާތީ އެތަނުގެ ރީތިކަން ދެމެހެއްޓުމަކީ ވަރަށް މުޙިއްމުކަމެކެވެ. އެހެންކަމުން މިސަރަޙައްދު ހަޑިވެ ނުބައިވަސް ދުވުމަކީ މިކައުންސިލާއި  ރަށުގެ ރައްޔިތުންވެސް ބޭނުންވާނޭކަމެއް ނޫނެވެ.

ވީމާ،މިއަދުން ފެށިގެން ރަށުގެ ބަދަރުގެ ތޮށިގަނޑު މަތީގައި މަސްކަނޑައި، ފަޅުތެރެއަށް މަސްކަރުއެޅުމަކީ މަނާކަމެއްކަމުގައި ދަންނަވަމެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރަމެވެ.

08 ފެބުރުވަރީ 2018
ހޯދާ