ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވިލިމާލެ ޓްރާންސްފަރ ސްޓޭޝަނަށް ކުނިއުކަން ވަންނަ ފަރާތްތަކުން ޓްރާންސްފަރ ފީއެއް ނެގުމާގުޅޭ

 

 

ވިލިމާލެ ޓްރާންސްފަރ ސްޓޭޝަނަށް ކުނިއުކަން ވަންނަ ފަރާތްތަކުން ޓްރާންސްފަރ ފީއެއް ނެގުމާގުޅޭ

އިޢުލާން 

ނަންބަރ : WAMCO/OPS/IUL/2018/003

ވިލިމާލެ ކުނިކޮށްޓަށް ކުނިއުކާލަން ވަންނަ ހުރިހާ އުޅަނދަކުން، 2018 ފެބްރުއަރީ 15 ވަނަ ދުވަހުން ފެށިގެން ޓްރާންސްފަރ ފީ ނެގުމަށް ހަމަޖެހިފައިވާ ވާހަކަ ޚިދުމަތް ހޯއްދަވާ އެންމެހާފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. މިގޮތުން ފީ ނެގޭނީ، ކުނި ގެންނަ އުޅަނދުގެ ޓަނޭޖަށް ބަލައި، ކޮންމެ ޓަނަކަށް 200/- ރުފިޔާގެ ރޭޓުންނެވެ. އަމިއްލަފުޅަށް ކުނިއުކާލުމަށް ބެނުންފުޅުވާ ފަރާތްތަކަށް އެއްވެސް އަގެއް ނެގުމެއްނެތި އެޚިދުމަތް ފޯރުކޮށްދެވޭނީ، އެކަމަށް ޙާއްސަ ކުރެވިފައިވާ ކެޓަގަރީ ކަމުގައިވާ “D” ކެޓަގަރީގައި ރަޖިސްޓަރ ކުރެއްވުމުންނެވެ. މިގޮތުން ރަޖިސްޓަރީ ނުކޮށް ކުނިއުކާލުމަށް ވަޑައިގަންނަވާ ފަރާތްތަކަށް ކުނިއުކާލެވޭނީ ޓްރާސްފަރފީއެއްގެ ގޮތުގައި 30 ރުފިޔާ ދެއްކުމަށް ފަހުގައެވެ. ވިޔަފާރީގެ ގޮތުގައި ހިންގާ ކުންފުނިތަކާއި އެކިއެކި މުއައްސަސާތައް “D” ކެޓަގަރީގައި ނުހިމެނޭ ވާހަކަވެސް އެންމެހާފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. މިކަމާ ބެހޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވެލައްވާނަމަ، މިކޯޕަރޭޝަންގެ ހޮޓްލައިން ނަންބަރު 1666 އަށް ގުޅުއްވުން އެދެމެވެ.

14 ޖުމާދަލްޢޫލާ 1439

31 ޖަނަވަރީ   2018

 

31 ޖަނަވަރީ 2018
ހޯދާ