މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ދިވެހިރާއްޖެ
ޒުވާނުންގެ މާދިރީގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

ޒުވާނުންގެ މާދިރީގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔަތަށް 50 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ޒުވާނުންގެ މާދިރީ (ނަމޫނާ މަޖިލީސް) އެއް 30 – 31 މާރޗް 2018 ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި މާދިރީގެ މައިގަނޑު މަޤްޞަދަކީ، ޖުމްހޫރިއްޔަތެއްގައި ރައްޔިތުންގެ ބަސް އިއްވާނޭ މަޖިލީހެއްގެ މުހިންމުކަން ދިވެހިރާއްޖޭގެ ޒުވާނުންނަށް އަންގައިދިނުމާއި، ނަމޫނާ ޒުވާން ޖީލެއް ބިނާކުރުމުގައި ރައްޔިތުންގެ މަޖިލީހެއްގެ މުހިންމުކަން މުޖުތަމަޢަށް އަންގައި ދިނުމެވެ. މީގެ އިތުރުން، ސަރުކާރުގެ ސިޔާސަތުގެ ދަށުން، ޒިންމާދާރު ހަރުދަނާ ޒުވާން ލީޑަރުން ބިނާކުރުމާއި، ހުޅުވާލެވިފައިވާ މިނިވަން މާޙައުލެއްގައި ޒުވާނުންގެ ޚިޔާލުތަކާއި ޝުޢޫރުތައް ޢާންމު ރައްޔިތުންނާއި ހިއްސާ ކުރުމެވެ.

މި މާދިރީގައި ބައިވެރިވުމުގެ ފުރުޞަތު ރާއްޖޭގައި ރަޖިސްޓްރީކުރެވިފައިވާ ކޮލެޖް/ ޔުނިވަރސިޓީ އަދި ހައި ސްކޫލްތަކުގެ ދަރިވަރުންނަށް ލިބިގެންދާނެއެވެ. މާދިރީގައި ބައިވެރިވާން ހުށަހަޅާ ދަރިވަރުން ވާންޖެހޭނީ އުމުރުން 18 އަހަރު ފުރި 30 އަހަރު ނުފުރޭ ޒުވާނުންނަށެވެ. އަދި ދިވެހި ބަހަށް ދޫ ފަރިތަ، މަޢުލޫމާތު މުއްސަނދި ކުދިންނަށް އިސްކަންދެވޭނެއެވެ.

މިގޮތުން، މި މާދިރީގައި ދިވެހިރާއްޖޭގެ އިންތިޚާބީ ދާއިރާތައް ތަމްސީލް ކުރުމަށްޓަކައި ބޭނުންވާ ބައިވެރިން ހޮވޭނީ މިކަމަށް އެދި ހުށަހަޅާ ދަރިވަރުންގެ ތެރެއިން މަތީގައިވާ ޝަރުތުތައް ފުރިހަމަވާ ދަރިވަރުންގެ މެދުގައި އިންޓަވިއު ކޮށްގެންނެވެ.

ވީމާ، މި މާދިރީގައި ބައިވެރިވުމަށް ޝައުޤުވެރިވާ ދަރިވަރުން 08 ފެބްރުއަރީ 2018ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:00ގެ ކުރިން މާދިރީގައި ބައިވެރިވުމަށް އެދި މި މިނިސްޓްރީއަށް ސިޓީ ހުށަހަޅަންވާނެއެވެ. އަދި މި ސިޓީއާއެކު އެ ދަރިވަރަކު ތަޢުލީމު ހާސިލްކުރަމުންދާކަމުގެ ލިޔުމާއި އެ ދަރިވަރެއްގެ އައި.ޑީ ކާޑު ކޮޕީވެސް ހުށަހަޅަންވާނެއެވެ.

ދިވެހިރާއްޖޭގެ އިންތިޚާބީ ދާއިރާތަކުގެ ލިސްޓެއް މި އިއުލާނާއި އެކު ހިމެނިފައިވާނެއެވެ.

 

13 ޖުމާދުލްޢޫލާ 1439

30 ޖަނަވަރީ 2018

 

ދިވެހިރާއްޖޭގެ އިންތިޚާބީ ދާއިރާތައް

  1. ތިލަދުންމަތީ އުތުރުބުރި
  •  ހޯރަފުށި ދާއިރާ
  •  އިހަވަންދޫ ދާއިރާ
  •  ބާރަށު ދާއިރާ
  •  ދިއްދޫ ދާއިރާ
  •  ކެލާ ދާއިރާ

  2. ތިލަދުންމަތީ ދެކުނުބުރި

  • ހަނިމާދޫ ދާއިރާ
  • ނޮޅިވަރަމް ދާއިރާ
  • ވައިކަރަދޫ ދާއިރާ
  • ކުޅުދުއްފުށީ އުތުރު ދާއިރާ
  • ކުޅުދުއްފުށީ ދެކުނު ދާއިރާ
  • މަކުނުދޫ ދާއިރާ

3. މިލަދުންމަޑުލު އުތުރުބުރި

  • ކަނޑިތީމު ދާއިރާ
  • މިލަންދޫ ދާއިރާ
  • ކޮމަންޑޫ ދާއިރާ
  • ފުނަދޫ ދާއިރާ

4. މިލަދުންމަޑުލު ދެކުނުބުރި

  • ކެނދިކުޅުދޫ ދާއިރާ
  • މަނަދޫ ދާއިރާ
  • ވެލިދޫ ދާއިރާ
  • ހޮޅުދޫ ދާއިރާ

5. މާޅޮސްމަޑުލު އުތުރުބުރި

  • އަލިފުށި ދާއިރާ
  • އުނގޫފާރު ދާއިރާ
  • ދުވާފަރު ދާއިރާ
  • އިނގުރައިދޫ ދާއިރާ
  • މަޑުއްވަރި ދާއިރާ

6. މާޅޮސްމަޑުލު ދެކުނުބުރި

  • ތުޅާދޫ ދާއިރާ
  • އޭދަފުށި ދާއިރާ
  • ކެންދޫ ދާއިރާ

7. ފާދިއްޕޮޅު

  • ހިންނަވަރު ދާއިރާ
  • ނައިފަރު ދާއިރާ
  • ކުރެންދޫ ދާއިރާ

8. މާލެ އަތޮޅު

  • ކާށިދޫ ދާއިރާ
  • ތުލުސްދޫ ދާއިރާ
  • ކ.ގުރައިދޫ ދާއިރާ

9. އަރިއަތޮޅު އުތުރުބުރި

  • މަތިވެރި ދާއިރާ
  • ތޮއްޑޫ ދާއިރާ

10. އަރިއަތޮޅު ދެކުނުބުރި

  • މާމިގިލި ދާއިރާ
  • މަހިބަދޫ ދާއިރާ
  • ދަނގެތި ދާއިރާ

11. ފެލިދެއަތޮޅު

  • ފެލިދޫ ދާއިރާ
  • ކެޔޮދޫ ދާއިރާ

12. މުލަކަތޮޅު

  • ދިއްގަރު ދާއިރާ
  • މުލަކު ދާއިރާ

13. ނިލަންދެއަތޮޅު އުތުރުބުރި

  • ނިލަންދޫ ދާއިރާ
  • ބިލެތްދޫ ދާއިރާ

14. ނިލަންދެއަތޮޅު ދެކުނުބުރި

  • ދ.މީދޫ ދާއިރާ
  • ކުޑަހުވަދޫ ދާއިރާ

15. ކޮޅުމަޑުލު

  • ވިލުފުށި ދާއިރާ
  • ތިމަރަފުށި ދާއިރާ
  • ކިނބިދޫ ދާއިރާ
  • ތ.ގުރައިދޫ ދާއިރާ

16. ހައްދުންމަތި

  • އިސްދޫ ދާއިރާ
  • ގަމު ދާއިރާ
  • ފޮނަދޫ ދާއިރާ
  • މާވަށު ދާއިރާ

17. ހުވަދުއަތޮޅު އުތުރުބުރި

  • ވިލިނގިލި ދާއިރާ
  • ދާންދޫ ދާއިރާ
  • ގެމަނަފުށި ދާއިރާ

18. ހުވަދުއަތޮޅު ދެކުނުބުރި

  • ތިނަދޫ އުތުރު ދާއިރާ
  • ތިނަދޫ ދެކުނު ދާއިރާ
  • މަޑަވެލި ދާއިރާ
  • ފަރެސްމާތޮޑާ ދާއިރާ
  • ގައްދޫ ދާއިރާ

19. ފުވައްމުލައް

  • ފުވައްމުލަކު އުތުރު ދާއިރާ
  • ފުވައްމުލަކު މެދު ދާއިރާ
  • ފުވައްމުލަކު ދެކުނު ދާއިރާ

20. އައްޑޫ ސިޓީ

  • ހުޅުދޫ ދާއިރާ
  • ފޭދޫ ދާއިރާ
  • މަރަދޫ ދާއިރާ
  • ހިތަދޫ އުތުރު ދާއިރާ
  • ހިތަދޫ މެދު ދާއިރާ
  • ހިތަދޫ ދެކުނު ދާއިރާ
  • އައްޑޫ މީދޫ ދާއިރާ

21. މާލެ

  • ހެންވޭރު އުތުރު ދާއިރާ
  • މެދު ހެންވޭރު ދާއިރާ
  • ހެންވޭރު ދެކުނު ދާއިރާ
  • ގަލޮޅު އުތުރު ދާއިރާ
  • ގަލޮޅު ދެކުނު ދާއިރާ
  • މައްޗަންގޮޅި އުތުރު ދާއިރާ
  • މައްޗަންގޮޅި ދެކުނު ދާއިރާ
  • މާފަންނު އުތުރު ދާއިރާ
  • މާފަންނު ހުޅަނގު ދާއިރާ
  • މާފަންނު މެދު ދާއިރާ
  • މާފަންނު ދެކުނު ދާއިރާ
  • ވިލިމާލެ ދާއިރާ
  • ހުޅުމާލެ ދާއިރާ
30 ޖަނަވަރީ 2018
ހޯދާ