ތިލަދުންމަތީ ދެކުނުބުރީ ނައިވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ހުށަހެޅުމުގެ ދައުވަތު

އިޢުލާނު

އަންދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތު

ކުޑަކުދިންގެ ޕާކް އެޅުމާއި ބެހޭ

ހދ.އަތޮޅު ކައުންސިލާއި ރަށު ކައުންސިލްތައް ގުޅިގެން 2018 ވަނަ އަހަރުން ފެށިގެން ދައުރު ނިމުމުގެ ކުރިން ކޮންމެ ރަށެއްގައި ތަރައްޤީގެ މަޝްރޫއެއް ހިންގުމަށްވަނީ ހަމަޖެހިފައެވެ.

މިގޮތުން މިރަށުގައި ކުޑަކުދިންގެ ޕާކެއް އެޅުމަށް ވަނީ ހަމަޖެހިފައެވެ.

ވީމާ، މިއިދާރާއިންދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި ކުޑަކުދިންގެ ޕާކް އެޅުމުގެ މަސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން، 6 ފެބުރުވަރީ 2018 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 13 ފެބުރުވަރީ 2018 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 އަށް މިއިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީ އުރަ އެއްގައެވެ.

 މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ކަނޑަ އެޅިފައިވާ ގަޑީގެ ފަހުން ދުރުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ. އަދި ބަދަލުގައި މީހަކު ފޮނުއްވާނަމަ، އެކަން ބަޔާންކޮށްފައިވާ ލިޔުމަކާއެކު ފޮނުއްވެވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވެލައްވާނަމަ ރަސްމީ ގަޑީގައި މިއިދާރާގެ ނަމްބަރު 6520039 ފޯނާ ގުޅުއްވުން އެދެމެވެ.

މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނު ( 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި ، އަމިއްލަ ފަރުދުންގެ ވިޔަފާރި (2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

          

29   ޖަނަވަރީ   2018         

29 ޖަނަވަރީ 2018
ހޯދާ