މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ދިވެހިރާއްޖެ
މިނިސްޓްރީއަށް ޖުމްހޫރީ ފަންސާހުގެ ލޯގޯ ޖެހި ތަކެތި ހެއްދުން

`

 

މިނިސްޓްރީ އޮފް ހޯމްއެފެއާޒް

 މާލެ، ދިވެހިރާއްޖެ.                                           

                                                        ނަމްބަރ: (IUL)10-F/10/2018/05 

އިޢުލާން

             މިއަހަރަކީ ދިވެހި ޖުމްހޫރިއްޔާއަށް 50 (ފަންސާސް) އަހަރު ފުރޭ އަހަރުކަމަށްވާތީ، ޖުމްހޫރީފަންސާހުގެ ޙަރަކާތްތަކުގައި ބޭނުންކުރުމަށްޓަކައި މި މިނިސްޓްރީއަށް ތިރީގައި މިދަންނަވާ ތަކެތި ހައްދަން ބޭނުންވެއްޖެއެވެ.

  • ޖުމްހޫރީ ފަންސާހުގެ ލޯގޯ ޖެހި ތޮފި
  • ޖުމްހޫރީ ފަންސާހުގެ ލޯގޯ ޖެހި ސްޓިކަރ
  • ޖުމްހޫރީ ފަންސާހުގެ ލޯގޯ ޖެހި ދިދަ
  • ޖުމްހޫރީ ފަންސާހުގެ ލޯގޯ ޖެހި ކޯޓްގެ ޕިން
  • ޖުމްހޫރީ ފަންސާހުގެ ލޯގޯ ޖެހި ބުރުގާ ޕިން
  • ޖުމްހޫރީ ފަންސާހުގެ ލޯގޯ ޖެހި ފުއްޕާހަން
  • ޖުމްހޫރީ ފަންސާހުގެ ލޯގޯ ޖެހި ޓައީ

ވީމާ، މިތަކެތި ހައްދަން ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 06 ފެބުރުވަރީ 2018 ވާ އަންގާރަ ދުވަހުގެ 11:00 ށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 18 ފެބުރުވަރީ 2018  އާދީއްތަ ދުވަހުގެ 11:00ށް މި މިނިސްޓްރީއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި،ގަޑިއަށް ވަޑައި ނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައި ނުގަނެވޭނެކަމުގައި ދެންނެވީމެވެ.

‏12 ޖުމާދަލްޢޫލާ 1439

‏29 ޖަނަވަރީ    2018 

 

 

29 ޖަނަވަރީ 2018
ހޯދާ