ހައްދުންމަތީ ފޮނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބިން ކުއްޔަށް ދޫކުރުން

އެކިއެކި ވިޔަފާރި ކުރުމަށްޓަކައި މިރަށުން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ބިންތަކުގެތެރެއިން ތިރީގައި މިދަންނަވާ 02 ބިން ކުއްޔަށް ހިފުމަށް ސައުޤުވެރިވެލައްވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ.

ބިމުގެ #

ބިންއޮތް ތަން

ބިމުގެ ބޮޑުމިން

ކުއްޔަށްދޭ ބޭނުން

17

ހުރަވީމަގުގެ އުތުރުފަޅީގައި، ނައިރާ އިންޖިނިއަރިންގގެ ހުޅަގުފަރާތުގައި

2000 އަކަފޫޓް

އާންމު ވިޔަފާރިކުރުމަށް

18

ހުރަވީމަގު އުތުރުފަޅީގައި، 17 ނަންބަރު ބިމުގެ ހުޅަގުފަރާތުގައި

2000 އަކަފޫޓް

އާންމު ވިޔަފާރިކުރުމަށް

 

ބިން ކުއްޔަށް ދޫކުރުމުގައި ބަލާނެ ކަންތައްތައް

  1. މިހާރު ބިމެއް ލިބިފައިވާ ފަރާތްތަކަށާއި، ލިބިފައިވާ ބިން ވަކިކޮށްފައިވާ ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.
  2. އެއްވެސް ފަރާތަކަށް އެއް ބިމަށްވުރެ ގިނަ ބިމެއް ދުލެއް ނުކުރެވޭނެއެވެ. ނަމަވެސް ކޮންމެ ބިމަކަށްވެސް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު އޮންނާނެއެވެ.
  3. އިތުރު ތަފްޞީލް މައުލޫމާތު ދިނުމުގެ ބައްދަލުވުމަށް ވަޑައިގަތުމުން ލިބޭނެއެވެ.

 

ބިން ކުއްޔަށް ދޫކުރުމާއި ބެހޭ މަޢުލޫމާތު ދިނުމާއި ޕްރޮޕޯސަލް ހުށަހެޅުން

ބިމުގެ #

މަޢުލޫމާތު ސާފުކޮށްދޭ ތާރީޚާއި ގަޑި

ބިޑު / ޕްރޮޕޯސަލް ހުށަހަޅަންޖެހޭ ތާރީޚާއި ގަޑި

17

30 ޖެނުއަރީ 2018 (އަންގާރަ) ދުވަހުގެ 13:00

06 ފެބުރުއަރީ 2018 (އަންގާރަ) ދުވަހުގެ 10:00

18

30 ޖެނުއަރީ 2018 (އަންގާރަ) ދުވަހުގެ 13:00

06 ފެބުރުއަރީ 2018 (އަންގާރަ) ދުވަހުގެ 11:00

 

                     ވީމާ، މިބިންތައް ކުއްޔަށް ނެންގެވުމަށް ސައުޤުވެރިވެލައްވާ ފަރާތްތަކުން  ކަނޑައެޅިފައިވާ ވަގުތަށް މިއިދާރާގެ ޖަލްސާކުރާ މާލަމަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ބިޑު / ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯސަލްތައް އަދި ސުންގަޑި ހަމަވުމަށްފަހު ހުށަހަޅުއްވާ ޕްރޮޕޯސަލްތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. މަޢުލޫމާތު ސާފުކުރުމަށާއި ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތަކީ ދިވެހި ރައްޔިތަކަށް ވާންޖެހޭނެއެވެ.

 

            

23 ޖަނަވަރީ 2018
ހޯދާ