ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ. މަޑަވެލީ ކައުންސިލްގެ ބެލުމުގެދަށުގައިވާ ރުއްތަކެއް ކުއްޔަށް ދޫކުރުމާއި ބެހޭ!

އިޢުލާން

މިއިދާރާގެ ނަމްބަރު: IUL)416-ESMSPR/416/2017/80) އިޢުލާނަށް އެއްވެސް ފަރާތަކުން ޝައުޤުވެރިކަން ފާޅުކޮށްފައިނުވާތީ، އެއިޢުލާން ބާޠިލްކޮށް 3 ވަނަ ފަހަރަށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.

 ގދ. މަޑަވެލީ ކައުންސިލްގެ ބެލުމުގެދަށުގައިވާ ރުއްތަކެއް ކުއްޔަށް ދޫކުރުމާއި ބެހޭ!

ގދ. މަޑަވެލީ ކައުންސިލް އިދާރާގެ ބެލުމުގެދަށުގައިވާ، މަޑަވެލި ބަނދަރު ސަރަޙައްދުގައިވާ 08 (އަށެއް) ރުށް އެންމެމަތީ އަގެއްހުށަހަޅާ ފަރާތަކަށް ކުއްޔަށް ދޫކުރުމަށް މިކައުންސިލުންވަނީ ނިންމާފައެވެ. ރުކެއް ކުއްޔަށް  ދޫކުރެވޭނެ އެންމެދަށް އަގަކީ ރުކަކަށް މަހަކު -/15 (ފަނަރަ) ރުފިޔާގެ ރޭޓުންނެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 25 ޖަނަވަރީ 2018 ވަނަ ދުވަހުގެ ހެނދުނު 10:30 އަށް ގދ. މަޑަވެލީ ކައުންސިލްގެ އިދާރާއަށް ސިޓީއަކުން ކުލި ބަޔާންކޮށް ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައި ހުށަހެޅުމަށް، ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

21 ޖަނަވަރީ 2018
ހޯދާ