މިލަދުންމަޑުލު އުތުރުބުރީ ފޭދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ

 

އަންދާސީހިސާބު ބޭނުންވެއްޖެ

                   މިރަށު ގަބުރުސްތާނު ނޮޅާ ސާފުކޮށް ބަލަހައްޓާދޭނެ ފަރާތެއް ހޯދުމަށްކުރި ނަންބަރ: (IUL)274/INDIV/2018/7 އިޢުލާނަށް އެއްވެސްފަރާތަކުން މައުލޫމާތު ސާފުކުރުމަށް ހާޒިރުވެފައިނުވާތީ އެޢިއުލާން ބާތިލްކޮށް އަލުން އިޢުލާންކުރީމެވެ. ވީމާ މިމަސައްކަތް ކޮއްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން ދެންނެވިފައިވާ ތާރީޚްތަކުގައި މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކޮށް އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

މަޢުލޫމާތު ސާފުކުރުން

އަންދާސީހިސާބު ހުށައެޅުން

24 ޖަނަވަރީ 2018 (ބުދަ) 10:00

28 ޖަނަވަރީ 2018 (އާދިއްތަ) 10:00

                  އަންދާސީހިސާބުތައް ހުށަހަޅުއްވަންވާނީ ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި "ގަބުރުސްތާނު ސާފުކުރުން" މިހެން ލިޔެފައި އޮންނަންވާނެއެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ، ސިޓީއަކާއެކު ފޮނުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބުތަކާއި، ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އަދި މީގެ އިތުރުން މިމަސައްކަތަށް ތައްޔާރު ކުރެވިފައިވާ މަޢުލޫމާތު ކަރުދާހާއި ޚިލާފަށް ހުށަހެޅޭ އަންދާސީހިސާބުތައްވެސް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް 6540045 ނަންބަރު ފޯނާއި ގުޅުއްވުން އެދެމެވެ.

                   މިހެންވެ މިކަން އާންމުކޮން އަންގާ އިޢުލާންކުރީމެވެ.

21 ޖަނަވަރީ 2018
ހޯދާ