މާޅޮސްމަޑުލު ދެކުނުބުރީ މާޅޮހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރު ސަރަޙައްދުން ތެލުގެ ވިޔަފާރިކުރުމަށް ކުލީބިން ދޫކުރުން

ބަނދަރު ސަރަޙައްދުން ތެލުގެ ވިޔަފާރިކުރުމަށް ކުލީބިން ދޫކުރުން

           

            މިރަށުގެ ބަނދަރުގެ ހުޅަނގުން، އޮއިލް ކޮމްޕެނީ ޕްރިވެޓް ލިމިޓެޑަށް ކުއްޔަށް ދޫކޮށްފައިވާ ބިން އެފަރާތުން މިހާރު ދޫކޮށްލާފައިވާތީ، އެބިމުން 2500 އަކަފޫޓުގެ ބިމެއް، ތެލާއި ޕެޓްރޯލް އަދި ޑީސަލް ފަދަތަކެތީގެވިޔަފާރި ހިންގުމަށް 15 އަހަރުގެ މުއްދަތަށް ކުއްޔަށްދޫކުރުމަށް ބީލަން ހުށަހެޅުމުވުމުގެ ފުރުޞަތު ޢާއްމުކޮށް ހުޅުވާލީމެވެ. ބީލަން ހުށަހެޅޭނީ ޢުމުރުން 18 އަހަރު ފުރިފައިވާ ޢާއްމުފަރުދުންނަށާއި ކުންފުނި، ޖަމްޢިއްޔާ ޖަމާޢްތަކަށެވެ.

            ބިމަށްއެދިހުށަހަޅާ ބީލަންކަރުދާސް 24 ޖަނަވަރީ 2018 ވަނަދުވަހުން ފެށިގެން 12 ފެބްރުއަރީ 2018 ވަނަ ދުވަހުގެ ނިޔަލަށް ރަސްމީގަޑީގައި މިއިދާރާއިން -/500 (ފަސްސަތޭކަ) ރުފިޔާއަށް ގަންނަން ލިބިވަޑައިގަންނަވާނެއެވެ. ބީލަންތައް ހުޅުވުން އޮންނަނީ 18 ފެބްރުއަރީ 2018 ވާ އާދިއްތަ ދުވަހުގެ ހެދުނު 11.00 ގައި މިއިދާރާގައެވެ.

ހުށަހެޅޭނެ އެންމެ ކުޑަ އަގު:

  • ފުރަތަމަ ތިން އަހަރު:     އަކަފޫޓަކަށް މަހަކު 50/- (ފަންސާސް ލާރި)
  • ދެވަނަ ތިން އަހަރު:            އަކަފޫޓަކަށް މަހަކު 75/- (ހަތްދިހަފަސް ލާރި)
  • ތިންވަނަ ތިން އަހަރު:     އަކަފޫޓަކަށް މަހަކު -/1 (އެއް ރުފިޔާ)
  • ހަތަރުވަނަ ތިން އަހަރު:    އަކަފޫޓަކަށް މަހަކު 50/1 (އެއް ރުފިޔާ ފަންސާސް ލާރި)
  • ފަސްވަނަ ތިން އަހަރު:    އަކަފޫޓަކަށް މަހަކު -/2 (ދެ ރުފިޔާ)

            ބީލަން ހުށަހަޅުއްވަން ވަޑައިގަންނަވާފަރާތުން ބީލަންތައްބަލައި ޗެކްކުރަންދެން މަޑުކުރައްވަންވާނެއެވެ. ކުލީބިމަށްއެދި ހުށަހާޅާ ބީލަންކަރުދާހުގައިވާ މަޢުލޫމާތުތައް ފުރިހަމަކުރެއްވުމުގައި ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ދަންނަވަމެވެ. މަޢުލޫމާތު ފުރިހަމަނުވާ ހުށަހެޅުންތައް ބާޠިލްކުރެވޭނެއެވެ. ބީލަން ވަޒަންކުރާނީ މިއިދާރާއިން ކަނޑައަޅާ ކޮމެޓީ އަކުންނެވެ. ބީލަންތައް ވަޒަންކުމުގައި ބަލާނެ މިންގަނޑުތައް ތިރީގައި މިވަނީއެވެ.

  • ބިމަށްހުށަހަޅާ ކުލި 0 
21 ޖަނަވަރީ 2018
ހޯދާ