އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެސިސްޓެންޓް ޕްރޮޖެކްޓް އޮފިސަރ

   

އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާ 

      ބޮޑުފޮޅުދޫ، ދިވެހިރާއްޖެ                                                        

 

                                                                                   ނަންބަރު :343/343/2018/04

               

އިޢުލާން

           

މިއިދާރާގެ ތިރީގައި މިވާ މަޤާމަށް މުވައްޒަފަކު ހޯދަން ބޭނުންވާތީ އިޢުލާން ކުރަމެވެ.

 

މަޤާމް:އެސިސްޓެންޓް ޕްރޮޖެކްޓް އޮފިސަރ

ރޭންކް: ޖީ . އެސް 4

 

ކްލެސިފިކޭޝަން: އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2

 

އޮފީސް / އިދާރާ: އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާ

ސެކްޝަން: އިކޮނޮމިކް، ސޯސަލް އެންޑް މުނިސިޕަލް ސަރވިސް ( ސެކްޝަން އޭ )

 

ވަޒީފާއަދާކުރަން ޖެހޭ ތަން: އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާ

މުސާރަ: 5020.00ރުފިޔާ

 

ސަރވިސް އެލެވަންސް: 1500.00ރުފިޔާ

 

ބޭނުންވާ ޢަދަދު:01

 

މަގާމުގެ ޝަރުތުތައް:

1. މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ނުވަތަ

2. މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން " އީ " ގްރޭޑް ލިބިފައިވުމާއެކު ، އޭގެ އިތުރުން ހަޔަރ ސެކަންޑްރީ ސްކޫލު ސަރޓިފިކޭޓް އިމްތިހާމުގައި ' ދިވެހި ' މި މާއްދާއިން ދަށްވެގެން ' ސީ ' ގްރޭޑް ލިބިފައިވުން.

ނުވަތަ

3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން " ޑީ " ގްރޭޑް ލިބިފައި ، އޭގެ އިތުރުން ސެކަންޑްރީ ސްކޫލު ސަރޓިފިކޭޓް އިމްތިހާމުގައި ' ދިވެހި ' މި މާއްދާއިން ދަށްވެގެން ' ސީ ' ގްރޭޑް ލިބިފައިވުމާއެކު ، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން

 

 މަޤާމްގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

 

  1. ކައުންސިލުން ރާވައި އެންމެހައި ތަރައްޤީގެ މަޝްރޫއުތައް ޔުނިޓް ހެޑްގެ ލަފަޔާއި މަޝްވަރާގެ މަތިން ހިންގާ ބެލެހެއްޓުން.
  2. ކައުންސިލުން ކުރުމަށް ނިންމާ ޕްރޮޖެކްޓްތަކާއި ގުޅުންހުރި އެންމެހައި އިދާރީ އަދި ޓެކްނިކަލް މަސައްކަތްތައްކޮށް ނިންމުން.
  3. ކައުންސިލުން ހިންގުމަށް ރާވައިފައިވާ އެންމެހައި ޕްރޮޖެކްޓްތަކާއި ބެހޭ މަޢުލޫމާތުތައް ދެވޭނެ ފެންވަރަށް މަސައްކަތްތައް ނިންމާ ކައުންސިލަށް މަޢުލޫމާތުދިނުން.
  4. ކައުންސިލުން ކުރުމަށް ރާވާފައިވާ ތަރައްޤީގެ މަސައްކަތްތައް ހިންގުމަށްޓަކައި ޕްރޮޖެކްޓް އޮފިސަރެއްގެ ހައިސިއްޔަތުން ފޯރުކޮށްދެވެން އޮތް އެންމެ މަތީދަރަޖައަކަށް ކައުންސިލަށް އެއްބާރުލުންދިނުން.
  5. މީގެ އިތުރުން ކައުންސިލުން އަންގާ ކަންކަން ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ޤަވާއިދުތަކާއި އަދި ސިވިލް ސަރވިސް ގެ ޤަވާއިދުތަކުގެ މަތިން ކުރުން.

މަގާމާ ގުޅޭ ދާއިރާ :

އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް، ބިޒްނަސް އެޑްމިނިސްޓްރޭޝަން ، ބިޒްނަސް             މެނޭޖްމަންޓް ،  މެނޭޖްމަންޓް އެންޑް އޮޕަރޭޝަން، ޕްރޮޖެކްޓް މެނޭޖްމަންޓް، ބިޒްނަސް އެންޑް ކޯޕަރޭޓް ކޮމިއުނިކޭޝަން، ހިއުމަން ރިސޯސް މެނޭޖްމަންޓް، ބިޒްނަސް ލޯ، ޕަބްލިކް ރެސްޕޮންސްބިލިޓީ އެންޑް އެތިކްސް، އޮގަނައިޒޭޝަން ޑިވެލޮޕްމަންޓް، ޕަބްލިކް އެޑްމިނިސްޓްރޭޝަން، ޓީޗިންގ.

 ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ލިބިފައިވާ ތަޢުލީމާއި، ތަމްރީނު
  2. ލިބިފައިވާ މަސައްކަތު ތަޖުރިބާ
  3. ލިބިފައިވާ ހުނަރު

އިންޓަރވިއު އަދި ޕްރެކްޓިކަލްސް އޮއްނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އާއި ޕްރެޒެންޓޭޝަން އަދި ޕްރެކްޓިކަލްސް      އާއި، އިމްތިޙާން ކުރުން ވަޒީފާއަށް އެދުމުގެ ސުންގަޑި ހަމަވުމަށް ފަހު ޖެހިގެން އަންނަ      މަސައްކަތު 15 ދުވަހުގެ ތެރޭގައި މިއިދާރާގައިއޮންނާނެއެވެ.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

މަގާމަށް އެދެންވީ ގޮތާއި ސުންގަޑި:

މިމަގާމަށް އެދެންވާނީ، ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށްއެދޭ ފޯމަކުންނެވެ. ވަޒީފާއަށްއެދޭ ފޯމު ހުށަހެޅޭނެ އެންމެފަހު ތާރީޙަކީ 2018 ޖެނުއަރީ 22 ވާ ހޯމަ ދުވަހުގެ 14:00 އެވެ. ފޯމު ހުށަހަޅާނީ އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާއަށެވެ.

 

އުޖޫރައާއި އިނާޔަތްތައް:

 

  • އިތުރު ގަޑީގެ ފައިސާ ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ލިބޭނެއެވެ.
  • މަގާމުގެ މަސައްކަތާ ގުޅިގެން ކަނޑައެޅިފައިވާ އެހެނިހެން އިނާޔަތްތައް ދެވޭނެއެވެ.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް ( އއ. ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާއިންނާއި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް  www.csc.gov.mv އިން ލިބެން ހުންނާނެއެވެ. )
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު

އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

 

 

  1. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (އެކްރެޑިޓްކޮށްފައިވާ ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއަކާއި، ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).

 

 

 

 

 

 

 

 

 

 

 

 

 

 

 

ޝޯޓް ލިސްޓްކުރުން: ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10  އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6660657 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 6660657 އެވެ. އީމެއިލް ކުރައްވާނީ [email protected] އަށެވެ.

 

                                                14 ޖެނުއަރީ 2018

                                               27 ރަބީޢުލް އާޚިރު 1439

 

14 ޖަނަވަރީ 2018
ހޯދާ