އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އ.ޑިރެކްޓަރ

 

އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާ                                                

   ބޮޑުފޮޅުދޫ، ދިވެހިރާއްޖެ                                                                            

 

 

                                                                       ނަންބަރު :343/343/2018/03

އިޢުލާން

މިއިދާރާގެ ތިރީގައި މިވާ މަޤާމަށް މުވައްޒަފަކު ހޯދަން ބޭނުންވާތީ އިޢުލާން ކުރަމެވެ.

 

މަޤާމް :             އެސިސްޓޭންޓް ޑިރެކްޓަރ

ރޭންކް :             އެމް . އެސް . 03

ކްލެސިފިކޭޝަން :       އެސިސްޓެންޓް ޑިރެކްޓަރ

އޮފީސް / ޢިދާރާ :      އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ ކައުންސިލްގެ ޢިދާރާ

ސެކްޝަން :          ކޯޕަރޭޓް އެފެއާރޒް ޔުނިޓް

ވަޒީފާ އަދާކުރަންޖެހޭ ތަން : އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ ކައުންސިލްގެ ޢިދާރާ

މުސާރަ :             7,035.00 ރުފިޔާ

ސަރވިސް އެލަވަންސް :    2000.00 ރުފިޔާ.

ބޭނުންވާ ޢަދަދު :        01

މަޤާމުގެ ޝަރުތުތައް :    1. މަޤާމްގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދު ތަކުގެ އޮނިގަނޑު          ލެވެލް 04 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއި އެކު މަޤާމްގެ މަސައްކަތުގެ ދާއިރާއެއްގައި 06 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

                     ނުވަތަ

2. މަޤާމްގެ މަސައްކަތާއި ގުޅޭ ދާޢިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދު ތަކުގެ އޮނިގަނޑު ލެވެލް 05 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއި އެކު، މަޤާމްގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން

ނުވަތަ

3. މަޤާމްގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ  ސަނަދު ތަކުގެ އޮނިގަނޑު ލެވެލް 06            ގެ ސަނަދެއް ހާސިލްކޮށްފައިވުމާޢި އެކު، މަޤާމްގެ މަސައްކަތުގެ ދާއިރާއެއްގައި 02 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން

ނުވަތަ

4. މަޤާމްގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން  ދިވެހިރާއްޖޭގެ ޤައުމީ ސަނަދު ތަކުގެ  އޮނިގަނޑު ލެވެލް 04 ގެ ސަނަދެއް ޙާސިލްކޮށްފައި ވުމާއި އެކު ، ގުޅުންހުރި އެހެން ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދު ތަކުގެ އޮނިގަނޑު ލެވެލް 06 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާސިލްކޮށްފައިވުން.

މަޤާމުގެ މަސްޢޫލިއްޔަތު  

ތަކާއި ވާޖިބު:  

        

1. ސެކްޝަށް ހުށައެޅޭ މައްސަލަތައް ދުވަހުން ދުވަހަށް ސްޕަވައިޒްކޮށް ހުށައެޅޭ މައްސަލަތައް ކައުންސިލްގެ މަޝްވަރާގެ މަތިން ކަމާ ބެހޭ މުވައްޒަފުންލައްވާ ކުރުވުން.

2. ކޯޕަރޭޓް އެފެއާރޒް ޔުނިޓްގެ އެންމެހާ މަސައްކަތްތަކެއް ވިލަރެއްސްކޮށް ބެލެހެއްޓުން.

3. ފައިސާއާއިބެހޭ ހުރިހާ މަސައްކަތްތައް މާލިއްޔަތުގެ ޤާނޫނާއި އެއްގޮތްވާ ގޮތުގެމަތީން މުވައްޒަފުންނާއި ޙަވާލުކޮށްގެން ކުރުވުމާއި ، އަމިއްލައަށް ކުރަންޖެހިއްޖެ ހާލަތްތަކުގައި ކުރުމާއި އަދި ޔުނިޓް މޮނީޓަރކޮށް ބެލެހެއްޓުން.

4. ފައިސާއާ ގުޅުންހުރި ކަންކަމާ ގުޅޭ ގޮތުން ހުށައެޅޭ މައްސަލަތައް ހިގާ ގޮތް ބަލާ މުވައްޒަފުންނަށް ބޭނުންވާ މަޢުލޫމާތު ދީ އެމަސައްކަތްތައް ސްޕަވައިޒްކޮށް ބެލެހެއްޓުމާއި އެކު ކަމާ ބެހޭ މުވައްޒަފުންލައްވާ ކުރުވުން.

5. ރަށުގެ ތަރައްޤީގެ ޕްލޭނަށް ބަލައި، ފައިނޭންޝިއަލް ޕްލޭން ތައްޔާރު ކުރުމާއި އެކަމާ ގުޅޭގޮތުން ހުށަހެޅޭ މައްސަލަތައް ހިންގާ ބެލެހެއްޓުން

6. ކޮންމެ އަހަރަކު ބަޖެޓް ތައްޔާރުކުރުވުމާއި ބަޖެޓް ކައުންސިލަށް ހުށަހެޅުން.

7. ޑިރެކްޓަރ ނެތް ހާލަތުގައި ޑިރެކްޓަރގެ އެންމެހާ ޒިންމާ ތައް އަދާކުރުން.

8. މީގެ އިތުރުން ކައުންސިލުން އަންގާ އެންމެހާ ކަންކަން ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ޤަވާއިދުތަކާއި އަދި ސިވިލް ސާރވިސް ގެ ޤަވާއިދުތަކުގެ މަތިން ކުރުން.

 

މަގާމާ ގުޅޭ ދާއިރާ :  އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް، ބިޒްނަސް އެޑްމިނިސްޓްރޭޝަން ، ބިޒްނަސް             މެނޭޖްމަންޓް ،  މެނޭޖްމަންޓް އެންޑް އޮޕަރޭޝަން، ޕްރޮޖެކްޓް މެނޭޖްމަންޓް، ބިޒްނަސް އެންޑް ކޯޕަރޭޓް ކޮމިއުނިކޭޝަން، ހިއުމަން ރިސޯސް މެނޭޖްމަންޓް، ބިޒްނަސް ލޯ، ޕަބްލިކް ރެސްޕޮންސްބިލިޓީ އެންޑް އެތިކްސް، އޮގަނައިޒޭޝަން ޑިވެލޮޕްމަންޓް، ޕަބްލިކް އެޑްމިނިސްޓްރޭޝަން، ޓީޗިންގ.

 

ވަޒީފާއަށް އެންމެ ޤާބިލް     1. ލިބިފައިވާ ތަޢުލީމާއި ތަމްރީނު

ފަރާތެއް ހޮވުމަށް ބެލެވޭ     2. ލިބިފައިވާ މަސައްކަތު ތަޖުރިބާ

ކަންތައްތައް:            3. ލިބިފައިވާ ހުނަރު.

 

އިންޓަރވިޔު އަދި          މިމަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އާއި ޕްރެޒެންޓޭޝަން އަދި ޕްރެކްޓިކަލްސް އާއި ،އިމްތިހާން

ޕްރެކްޓިކަލްސް އޮންނާނެ     ކުރުން ވަޒީފާއަށް އެދުމުގެ ސުންގަޑި ހަމަވުމަށްފަހު ޖެހިގެން އަންނަ މަސައްކަތު 15 ދުވަހުގެ ތެރޭގައި

ތަނާއި ،މުއްދަތު :        މި ޢިދާރާގައި އޮންނާނެއެވެ.

 

މަޤާމަށް އެދެންވީ ގޮތާއި     މިމަޤާމަށް އެދެންވާނީ ، ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމަކުންނެވެ. ވަޒީފާއަށް

ސުން ގަޑި :            އެދޭ ފޯމަކުންނެވެ. ވަޒީފާއަށް އެދޭ ފޯމު ހުށާއެޅޭނެ އެންމެފަހު ތާރީޚަކީ 22 ޖެނުއަރީ 2018 ވާ ހޯމަ                 

ދުވަހުގެ 14:00 ގެ ކުރިންނެވެ. ފޯމް ހުށައަޅާނީ އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ ކައުންސިލްގެ ޢިދާރާއަށެވެ.

އުޖޫރައާއި ޢިނާޔަތް ތައް:    1. އިތުރު ގަޑިގެ ފައިސާ ސިވިލް ސާރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ލިބޭނެއެވެ.

                     2. މަޤާމުގެ މަސައްކަތާ ގުޅިގެން ކަނޑައެޅިފައިވާ އެހެނިހެން އިނާޔަތްތައް ދެވޭނެއެވެ.

ހުށައަޅަން ޖެހޭ ލިޔުންތައް :  1. ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް ( އއ. ބޮޑުފޮޅުދޫ ކައުންސިލްގެ ޢިދާރާއިންނާއި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv   އިން ލިބެން ހުންނާނެއެވެ.)

                     2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސް ވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒިފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތް ކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

                     3. ވަޒިފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި ( އެކްރެޑިޓްކޮށް އަސްލާ އެއްގޮތް ކަމަށް ސަރުކާރުގެ ކަމާބެހޭ ޢިދާރާއަކުން ނުވތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަޑު ޖަހާފައިވާ ކޮޕީގެ އަސްލު ) އަދި މަސައްކަތު ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ ޢިދާރާތަކުން ދޫކޯށްފައިވާ ލިޔުންތައް( އަސްލާ އެއްގޮތް ކަމަށް ސަރުކާރުގެ ކަމާބެހޭ ޢިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަޑު ޖަހާފައިވާ ކޮޕީގެ އަސްލު )

                     (އެޓެސްޓްކޮށް ހުށަހަޅާ ލިޔުންތަކުގައި، އެޓެސްޓުކުރި ފަރާތުގެ ނަމާއި، ތާރީޚާއި ސޮއި އަދި އެޓެސްޓްކުރި އޮފީހެއްގެ ތައްގަނޑުޖަހާފައި ނުވާނަމަ، އެލިޔުންތައް ބަލައި ނުގަނެވޭނެއެވެ.)

                     4. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ  ކާޑުގެ ދެފުން ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއަކާއި (އަސްލާ އެއްގޮތް ކަމަށް ސަރުކާރުގެ ކަމާބެހޭ ޢިދާރާއަކުން ނުވތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަޑު ޖަހާފައިވާ ކޮޕީގެ އަސްލު )، ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ސީވީ ).

ޝޯޓް ލިސްޓްކުރުން: ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10  އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މި ޢިއުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6660657 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 6660657 އެވެ. އީމެއިލް ކުރައްވާނީ [email protected]   އަށެވެ.

                     14 ޖެނުއަރީ 2018

                     27 ރަބީޢުލް އާޚިރު 1439

                                                                         

                                              

 

 

 

                                                                                                   

14 ޖަނަވަރީ 2018
ހޯދާ