ކޮލިޓީ އެޝުއަރެންސް ޑިޕާޓްމަންޓް، މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
އެޑިޔުކޭޝަން އޮފިސަރ

މަޤާމް :ްއެޑިޔުކޭޝަން އޮފިސަރ
ބޭނުންވާ އަދަދު :1

އިޢުލާން - ވަޒީފާގެ ފުރުޞަތު

 މަޤާމް:              އެޑިޔުކޭޝަން އޮފިސަރ

މަޤާމު ނަންބަރު:            J-277887

ބޭނުންވާ އަދަދު:             01

މަޤާމުގެ  ގިންތި:            ދާއިމީ

މަޤާމު އޮތް އޮފީސް:           ކޮލިޓީ އެޝުއަރެންސް ޑިޕާޓްމަންޓް / މިނިސްޓްރީ އޮފް އެޑިއުކޭޝަން

ވަޒީފާއަދާކުރަން ޖެހޭ ތަން :        ކޮލިޓީ އެޝުއަރެންސް ޑިޕާޓްމަންޓް / މިނިސްޓްރީ އޮފް އެޑިއުކޭޝަން

ވަޒީފާއޮތް އޮފީސް:            ކޮލިޓީ އެޝުއަރަންސް ޑިޕާޓްމަންޓް / މިނިސްޓްރީ އޮފް އެޑިއުކޭޝަން

ވަޒީފާއަދާކުރާ ސެކްޝަނާއި ތަން :      ކޮލިޓީ އެޝުއަރެންސް ޑިޕާޓްމަންޓް / ސްކޫލް ރިވިޔު ސެކްޝަން  

 އިތުރު އިނާޔަތްތައް:   1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

           2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

           3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

 ވަޒީފާގައި ކުރަންޖެހޭ މައިގަޑު މަސައްކަތްތައް:

ދެވޭ ތަޢުލީމުގެ ފެންވަރު ވަޒަންކުރުމުގެ މަސައްކަތް ކުރުން

ރާއްޖޭގައި ހިންގާ ސްކޫލްތަކުންދޭ ތަޢުލީމުގެ ފެންވަރު މިންކުރާނެ ސްޓޭންޑަރޑްތައް އެކުލަވާލުމުގެ މަސައްކަތް ކުރުން.

ރާއްޖޭގައި ހިންގާ ސުކޫލްތައް ރިވިއު ކުރުމުގެ މަސައްކަތް ކުރުން

 މަޤާމުގެ ރޭންކާއި، ކްލެސިފިކޭޝަނާއި، ޝަރުޠާއި، އަސާސީ މުސާރައާއި، ސަރވިސް އެލަވަންސް:

މަޤާމް

 ރޭންކް

ކްލެސިފިކޭޝަން

ޝަރުތު

މަޤާމުގެ އަސާސީ މުސާރަ

ސަރވިސް އެލަވަންސް

 

MS1

އެޑިޔުކޭޝަން އޮފިސަރ 2

-          މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

-          މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ

-          މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން. 

-/5610

-/2000

 

MS2

އެޑިޔުކޭޝަން އޮފިސަރ 3

-          މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

-          މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ 

-          މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ

-          މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން. 

6295/-

2000/-

އެޑިޔުކޭޝަން އޮފިސަރ

MS3

އެޑިޔުކޭޝަން އޮފިސަރ 4

-  ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ  އޮނިގަނޑު ލެވެލް 7 ގެ ސަނަދެއް  ހާސިލްކޮށްފައިވުން؛   ނުވަތަ

-  ކިޔަވައިދޭ މާއްދާއަށް ހާއްސަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ގެ ސަނަދެއް ހާސިލްކޮށްފައި އޮތުމާއެކު، ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ނުވަތަ އެއްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން އަދި ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން؛   ނުވަތަ

 

-  އެޑިއުކޭޝަން އޮފިސަރ 3ގެ މަޤާމުގެ ޝަރުތު ފުރިހަމަވެ، އެމަޤާމުގައި މަދުވެގެން 3 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން

   މަހަކު        -/7035 ރުފިޔާ

 

 

 

 

 

 

 

 

 

 

 

 

 

 

 

 

މަހަކު

3500/- ރުފިޔާ

MS4

އެޑިޔުކޭޝަން އޮފިސަރ 5

- ކިޔަވައިދޭ މާއްދާއަށް ޚާއްސަ ކުރެވިފައިވާ ދާއިރާއަކުން ނުވަތަ ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ގެ ސަނަދެއް ހާސިލްކޮށްފައި އޮތުމާއި އެކު ތަޢުލީމީ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ އިތުރު ސަނަދެއް ހާސިލްކޮށްފައިވުން އަދި ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން؛    ނުވަތަ

-  ކިޔަވައިދިނުމުގެ ރޮގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން؛   ނުވަތަ

-   ކިޔަވައިދޭ މާއްދާއަށް ޚާއްސަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 9 ގެ ސަނަދެއް ޙާސިލްކޮށްފައި އޮތުމާއި އެކު (ލެވެލް 7 ގެ ސަނަދެއް ނެތި) ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ނުވަތަ  އެއަށްވުރެ މަތީ ސަނަދެއް ޙާސިލްކޮށްފައިވުން އަދި ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު އުޅެ ތަޖްރިބާ ލިބިފައިވުން؛    ނުވަތަ

-  އެޑިޔުކޭޝަން އޮފިޝަރ 4 ގެ މަޤާމުގެ ޝަރުތު ފުރިހަމަވެ، އެމަޤާމުގައި މަދުވެގެން 3 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން

މަހަކު        -/7875 ރުފިޔާ

EX1

އެޑިޔުކޭޝަން އޮފިސަރ 6

-   ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ  އޮނިގަނޑު ލެވެލް 7 ނުވަތަ ލެވެލް  8 ގެ ސަނަދެއް ހާސިލްކޮށްފައި އޮތުމާއި އެކު ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްސަ ކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 9ގެ ސަނަދެއް ޙާސިލްކޮށްފައިވުން އަދި ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން؛   ނުވަތަ

-   ކިޔަވައިދޭ މާއްދާއަށް ޚާއްސަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް  ހާސިލްކޮށްފައި އޮތުމާއި އެކު އަދި ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ  ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްސަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 9 ގެ ސަނަދެއް ޙާސިލްކޮށްފައިވުން އަދި ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން؛  ނުވަތަ

-  އެޑިއުކޭޝަން އޮފިސަރ 5 ގެ މަޤާމުގައި ޝަރުތު ފުރިހަމަވެ، އެމަޤާމުގައި މަދުވެގެން 3 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން

މަހަކު        -/8835 ރުފިޔާ

EX2

އެޑިޔުކޭޝަން އޮފިސަރ 7

-   ކިޔަވައިދޭ މާއްދާއަށް ޚާއްސަކުރެވިފައިވާ ދާއިރާއަކުން ނުވަތަ ތަޢުލީމީ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 10ގެ ސަނަދެއް ޙާސިލްކޮށްފައިވުމާއެކު ކިޔަވައިދިނުމުގެ ރޮނގުން      ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާސިލްކޮށްފައިވުން އަދި ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން؛  ނުވަތަ

-  އެޑިއުކޭޝަން އޮފިސަރ 6 ގެ މަޤާމުގެ ޝަރުތު ފުރިހަމަވެ، އެމަޤާމުގައި މަދުވެގެން 3 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން

މަހަކު        -/9890 ރުފިޔާ

EX3

އެޑިޔުކޭޝަން އޮފިސަރ 8

-  އެޑިއުކޭޝަން އޮފިސަރ 7 ގެ މަޤާމު ޝަރުތު ފުރިހަމަވެ، އެމަޤާމުގައި މަދުވެގެން 3 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން

މަހަކު        -/11065 ރުފިޔާ

EX4

އެޑިޔުކޭޝަން އޮފިސަރ 9

-  އެޑިއުކޭޝަން އޮފިސަރ 8 ގެ މަޤާމު ޝަރުތު ފުރިހަމަވެ، އެމަޤާމުގައި މަދުވެގެން 3 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން

މަހަކު        -/12400 ރުފިޔާ

EX5

އެޑިޔުކޭޝަން އޮފިސަރ 10

-  އެޑިއުކޭޝަން އޮފިސަރ 9 ގެ މަޤާމު ޝަރުތު ފުރިހަމަވެ، އެމަޤާމުގައި މަދުވެގެން 3 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން

މަހަކު        -/13890 ރުފިޔާ

EX6

އެޑިޔުކޭޝަން އޮފިސަރ 11

-  އެޑިއުކޭޝަން އޮފިސަރ 10 ގެ މަޤާމު ޝަރުތު ފުރިހަމަވެ، އެމަޤާމުގައި މަދުވެގެން 3 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން

މަހަކު        -/15560 ރުފިޔާ

 

 

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

  1. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް:

  ހ. ޙާސިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

ރ. އަތޮޅުތަކުގެ ސުކޫލުތައް ރިވިއު ކުރުމަށް ގިނަގިނައިން ދަތުރުކުރެވޭނެ ފަރާތްތަކަށްވުން

ބ. އިނިގިރޭސި ނުވަތަ ސައިންސްގެ ދައިރާއިން މަތީތައުލީމް ހާޞިލް ކޮށްފައިވުން

  

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މިވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ ކޮލިޓީ އެޝުއަރަންސް ޑިޕާޓްމެންޓް /ހ. ހުޅުގަލި - 3 ވަނަ ފަންގިފިލާ (ކަރަންކާމަގު/ކ.މާލެ) އަށެވެ.

ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 25 ޖެނުއަރީ 2018  ވަނަ ދުވަހުގެ 13:00ގެ ކުރިން މި ޑިޕާޓްމެންޓަށެވެ.

އެޕްލިކޭޝަން ފޯމާއި އެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

  އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު: 

ހ. މި މަގާމަށް މީހަކު ހޮވުމަށް އިންޓަރވިއު އޮންނާނީ 28 ޖެނުއަރީ - 31 ޖެނުއަރީ 2018 އާ ދެމެދުގެ ތާރީޚެއްގައެވެ.

ށ. އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ނ.  އިންޓަވިއު އޮންނަ ތަން: ކޮލިޓީ އެޝުއަރަންސް ޑިޕާޓްމެންޓް /ހ. ހުޅުގަލި - 3 ވަނަ ފަންގިފިލާ (ކަރަންކާގެ/ކ.މާލެ)

 ޝޯޓް ލިސްޓްކުރުން: މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ ޢަދަދު 15 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ: 30%

 (ތިރީސް އިންސައްތަ)

 އިތުރު މަޢުލޫމާތު ހޯދުން: މި ޢިއުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3341157 ނަންބަރު ފޯނާއެވެ.

 29 ރަބީޢުލްއާޚިރު 1439   

16 ޖަނަވަރީ 2018
ހޯދާ