ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ކ.ތިލަފުށީގައި ބޯޓްޔާރޑެއް ހިންގުމަށް 60,000 އަކަފޫޓުގެ ބިމެއް ކުއްޔަށް ދޫކުރުން

 

ރިކުއެސްޓް ފޯރ ޕްރޮޕޯސަލް

 

ނަމްބަރު: TCL/PROC-TA/2018/005

ކ.ތިލަފުށީގައި ބޯޓްޔާރޑެއް ހިންގުމަށް 60,000 (ފަސްދޮޅަސް ހާސް) އަކަފޫޓުގެ ބިމެއް ކުއްޔަށް ދޫކުރުމަށް ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް ދަޢުވަތު އަރުވަމެވެ.

 

ތަފްޞީލް

ތަން

ދުވަސް

ތާރީޚް

ގަޑި

މަޢުލޫމާތު ބައްދަލުވުން އަދި މަޢުލޫމާތު ކަރުދާސް ދޫކުރުން

ޓީސީއެލް ހެޑް އޮފީސް

ބުރާސްފަތި

18  ޖެނުއަރީ 2018

11:00 ގައި

ޕޮރޮޕޯސަލް ހުށައެޅުން  އަދި ހުޅުވުން

ޓީސީއެލް ހެޑް އޮފީސް

އާދީއްތަ

28  ޖެނުއަރީ 2018

13:30 ގައި

އަންދާސީ ހިސާބު ހުށަހެޅުއްވުމާއި ގުޅޭ:

 

  • ބީލަން ހުށަހަޅުއްވަން ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެންމެ ބީލަމެކެވެ.
  • ހުށަހަޅައިފައިވާ ބީލަން ބާޠިލްވާ މުއްދަތު މަދުވެގެން 90 ދުވަހަށް ވާންވާނެއެވެ.
  • މަޢުލޫމާތު ފުރިހަމަ ނޫން ބީލަންތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މިކޯޕަރޭޝަނަށް ލިބިގެންވެއެވެ.
  • ބީލަން ހުށަހަޅަން ވާނީ ދީފައިވާ މަޢުލޫމާތާއި އެއްގޮތަށެވެ.

 

މި ބީލަމަށް ޕްރޮޕޯސަލް ހުށަހެޅޭނީ މަޢުލޫމާތު ބައްދަލުވުމުގައި ބައިވެރިވި ފަރާތްތަކަށް އެކަންޏެވެ. ބީލަން ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައިގައެވެ. ބީލަން ހުޅުވުމުގެ ބައްދަލުވުން އޮންނާނީ މިކޯޕަރޭޝަންގެ ހެޑް އޮފީހުގައި ބީލަން ހުޅުވުމުގެ ބައްދަލުވުމުގައި ބައިވެރިވެލައްވަން ބޭނުންވެލައްވާ ފަރާތްތަކާއި އެކުއެވެ.

މި ބީލަމަށް މާކްސް ދެވޭނެ މިންގަނޑު މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ. އަދި އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވެލައްވާ ފަރާތްތަކުން މި ކޯޕަރޭޝަނަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

 

15 ޖަނަވަރީ 2018

28 ރަބީޢުލްއާޚިރު 1439

 

Fen Building/ 4th floor                                                                       ފެން ބިލްޑިންގް/ 4ވަނަ ފަންގިފިލާ

Ameenee Magu, Male’, Republic of Maldives                                                             އަމީނީމަގު، މާލެ، ދިވެހިރާއްޖެ

Tel: 3307513 Fax: 3307514                                                                      ފޯން: 3307513،3307515 ފެކްސް: 3307514

 

15 ޖަނަވަރީ 2018
ހޯދާ