ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑްއަށް ރާއްޖެއިންބޭރުން ގެންނަ މުދާ ކުލިއަރކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ.

 

 

 

 

ބީލަން ހުށަހެޅުމުގެ ދަޢުވަތު

ނަންބަރު : WAMCO-LOG/IUL/2016/104

 ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑްއަށް ރާއްޖެއިންބޭރުން ގެންނަ މުދާ ކުލިއަރކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ.

2017 ޑިސެމްބަރ 25 ވަނަ ދުވަހު ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑްއިން ރާއްޖެއިންބޭރުން ގެންނަ މުދާ ކުލިއަރކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާނާއި (ނަންބަރ WAMCO-LOG/IUL/2017/102) ގުޅިގެން، މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވާ 31 ޑިސެމްބަރ 2017 ވާ އާދީއްތަ ދުވަހަކީ ރަސްމީ ބަންދު ދުވަހެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނިންމުމާއި ގުޅިގެން އެއިޢުލާން (ނަންބަރ WAMCO-LOG/IUL/2017/102) ބާތިލްކޮށް އަލުން އިއުލާން ކުރަމަވެ.

ވީމާ، މިކޯޕަރޭޝަނުން ދޭ މަޢުލޫމާތާ އެއްގޮތަށް މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާވާލުގައި ބަޔާން ކުރެވިފައިވާ ތާރީޚުގައި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ހެޑް އޮފީސް (މއ. ޖަންބުގަސްދޮށުގެ، ދެވަނަ ފަންގިފިލާ) އަށް ހާޒިރުވެވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ބީލަން ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުން

02 ޖެނުއަރީ 2018 (އަންގާރަ)

10:00 (ހެނދުނު)

ބީލަން ހުށަހެޅުން

09 ޖެނުއަރީ 2018 (އަންގާރަ)

10:00 (ހެނދުނު)

 

 

ބީލަން ހުށަހެޅުއްވޭނީ މަޢުލޫމާތު ސެޝަންގައި ބައިވެރިވެ ވަޑައިގަންނަވާ ފަރާތްތަކަށް އެކަންޏެވެ. 09 ޖެނުއަރީ 2018 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00ގެ ފަހުން ގެންނަ އެއްވެސް ބީލަމެއް ބަލައެއް ނުގަނެވޭނެއެވެ. އަދި ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. 

ޕްރޮޕޯޒަލް ހުށަހަޅުއްވާއިރު މިކަމަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ދޫކުރާ މަޢުލޫމާތު ކަރުދާހުގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަކުރައްވައި ހުށަހެޅުއްވުމަށް ދަންނަވަމެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުވެވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯޒަލް ބަލައެއް ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

މިކަމާގުޅޭ ގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ ތިރީގައިވާ ނަންބަރު ގުޅުއްވުން ނުވަތަ އީމެއިލް ކުރެއްވުން އެދެމެވެ.

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް

މއ. ޖަންބުގަސްދޮށުގެ،  ދެވަނަ ފަންގިފިލާ ، މަޖީދީމަގު

ޕޯސްޓަލްކޯޑް:20161

މާލެ، ދިވެހިރާއްޖެ.

ފޯން ނަންބަރު: 3000581  

 09 ރަބީޢުލްއާޙިރު 1439

27 ޑިސެމްބަރ 2017

 

27 ޑިސެންބަރު 2017
ހޯދާ