ޅޮހީ ސްކޫލް
ދިވެހިރާއްޖެ
މަރާމާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

މަރާމާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

 

2018 ވަނަ އަހަރު މިސްކޫލްގެ  މަރާމާތުގެ މަސައްކަތްކުރުމަށް ފަރާތެއް ހޯދުމަށް މިސްކޫލުން ކުރެވުނު  GS112/IUL/2017/06 ނަންބަރު އިޢުލާނާއި ގުޅިގެން ތިން ފަރާތުން ބިޑް ހުށައަޅަން ހާޟިރުވެފައި ނުވާތީ އެ އިއުލާން ބާތިލްކޮށް އަލުން އިއުލާން ކުރަމެވެ. 

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، މިސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ދިނުމާ އަންދާސީ ހިސާބު ހުށަހެޅުމުގެ ބައްދަލުވުން އޮންނާނީ މި ސްކޫލްގެ އޭވީ ރޫމްގައެވެ.

މަޢުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ހުށަހެޅުމަށް ޙާޟިރުވާންޖެހޭ ތާރީޚާއި ގަޑި ތިރީގައި މިދަންނަވަނީއެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

ބިޑް ހުށަހެޅުމުގެ ބައްދަލުވުން

2017 ޑިސެމްބަރު 31 ވާ އާދިއްތަ ދުވަހުގެ 10:00

2018 ޖެނުއަރީ  04 ވާ ހޯމަ ދުވަހުގެ 10:00

މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށާއި ބިޑް ހުށަހެޅުމުގެ ބައްދަލުވުމަށް ވަޑައިގަންނަވާ ފަރާތްތަކުން ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަވަން ވާނެއެވެ. ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ އެފަރާތަކީ ކާކުކަން ބަޔާންކޮށް، އެފަރާތެއްގެ އައިޑީ ކާޑުގެ ކޮޕީއަކާއި އެކު ސިޓީއެއް ހުށަހަޅުއްވަންވާނެއެވެ.

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުސަތު ދެވެން ނޯންނާނެ ވާހަކަވެސް ދަންނަވަމެވެ.

18 ޑިސެމްބަރ 2017

26 ޑިސެންބަރު 2017
ހޯދާ