ދަރުމަވަންތަ ސްކޫލް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމް :އެޑްމިނިސްޓްރޭޓިވް އޮފިސަރ
ބޭނުންވާ އަދަދު :2

 

ދަރުމަވަންތަ ސްކޫލް

މާލެ، ދިވެހިރާއްޖެ                                

 

 

ތާރީޚު: 26 ޑިސެންބަރު 2017                                       ނަންބަރު: DS/IU/HR/2017/17

 

ވަޒީފާގެ ފުރުޞަތު

 

މަޤާމު:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ނަންބަރ:

J-286785, J-292725

ބޭނުންވާ އަދަދު:

2

މަޤާމުގެ ގިންތި:

ދާއިމީ  

މަޤާމުގެ ރޭންކް:

GS 4

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 2

ސެކްޝަން:

އެޑްމިން ސެކްޝަން

މަޤާމު އޮތް އޮފީސް :

ދަރުމަވަންތަ ސްކޫލް ( އޮފީސް(

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ދަރުމަވަންތަ ސްކޫލް ، ކ. މާލެ

މުސާރަ:

މަހަކު 5020/-ރ

ސަރވިސް އެލަވަންސް:

މަހަކު 1,500/-ރ

 

އިތުރު އިނާޔަތްތައް:

 

އިތުރުގަޑީގައި ކުރާ މަސައްކަތަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

 

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

-          ހުސްވެފައިވާ މަޤާމުތަކަށް އިޢުލާނުކުރުމާއި މަޤާމުތަކަށް ކުރިމަތިލާ ފަރާތްތަކުގެ މަޢޫލޫމާތު ސޯޓްލިސްޓްކޮށް އިންޓަރވިޔު އެރޭންޖްކުރުން.

-          ވަޒީފާ ދެއްވުމާއި، ވަޒީފާ ބަދަލުކުރެއްވުމާއި އަދި ވަޒީފާއިން ވަކިކުރުމުގެ ކަންތައްކުރުން.

-          ކޮންޓްރެކްޓްކޮށް ވަޒީފާ ހަމަޖައްސާފައިވާ ބިދޭސީންގެ ކޮންޓްރެކްޓް ތައްޔާރުކޮށް ފޮނުވުމާއި ވަޒީފާ އިން ވަކިވެއްޖެނަމަ ކޮންޓްރެކްޓް އުވާލުން.

-          ބޭނުންފުޅުވާ މުވައްޒަފުނަށް ލިޔުން ތައްޔާރުކޮށްދިނުމާއި، ވަޒީފާއާއި ގުޅުންހުރި ލިޔުންތައް ފައިލްކުރުން.

   -   އަދި ސްކޫލުގައި ބާއްވާ ތަފާތު ހަފްލާތަކުގައި އޮފިސް ޑިޔުޓީއަށް ޙާޟިރުވެ ކަނޑައެޅޭ މަސއްކަތް ކުރުން.

-          އިދާރީ އޮފީހުގެ މަސައްކަތަށް ކުރުމަގައި އެހީތެރިވެދިނުން.

-          ސްކޫލްގެ ބިދޭސީ ޓީޗަރުންގެ ވިސާކާރޑް ހެއްދުމަށްޑަކައި ކުރަށްޖެހޭ މަސައްކަތް ކުރުމުގައި އެހީތެރިވެދިނުން.

-          ބިދޭސީޓީޗަރުންގެ މަޢުލޫމާތު ބެލެހެއްޓުން.

-          ބިދޭސީ ޓީޗަރުން ކޮންޓްރެކްޓްތައް ބަލަހައްޓާ، ބިދޭސީ ޓީޗަރުންގެ މުހިންމުލިޔެކިއުންތައް ފައިލްކުރުން.

-          ސްކޫލްގެ އެޗްއާރ މަސައްކަތް ކުރަށްވާ ފަރާތާއި ގުޅިގެން މަސައްކަތް ކުރިއަށް ގެންދިޔުން.

 

 

މަޤާމުގެ ޝަރުޠުތައް:    

 

1- އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން  ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ 

 ލެވަލް 3 ގެ  ސަނަދެއް ހާސިލްކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއެއްގައި   2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރުބާ ލިބިފައިވުން.

 ނުވަތަ

2- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި ' ދިވެހި'  މި މާއްދާއިން ދަށްވެގެން ' ސީ ' ގްރޭޑް ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

 

-          ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

-          މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

-          ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

 

 

ހުށަހަޅަންޖެހޭ ލިޔުންތައް : 

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް.
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށެގެ ލިޔުންތައް ފެންން، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަށްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއި އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާކަމުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ:

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ( ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގުރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓްތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގުރާމުތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓު ވަކި ފެންވަރެއްގައި ޤަބޫލުކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ )

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މި ފަދަ ސެޓުފިކެޓުތައް އެކްރެޑިޓްކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ކޮޕީ.

 

  1. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސް ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިއުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

  

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:ވަޒީފާއަށް އެދޭ ފޯމު ދަރުމަވަންތަ ސްކޫލުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް

                      ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ. މަޤާމަށް

                      އެދި ހުށައަޅަންޖެހޭ ތަކެތި ހުށަހަޅާނީ 04 ޖަނަވަރީ 2018 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން،

                      ދަރުމަވަންތަ ސްކޫލް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައި

                      ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected]  އެވެ. ފެކްސް ނަންބަރަކީ،

                     3327005 އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށައަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ

                      އެޕްލިކޭޝަން ބާޠިލު ކުރެވޭނެއެވެ.

އިންޓަރވިއު އަދި       މި މަޤާމަށް މީހަކު ހޮވުމަށް އިންޓަރވިއު  އޮންނާނީ 07 ޖަނަވަރީ 2018 އިން 13 ޖަނަވަރީ 2018  އާއި    

 އިމްތިހާން އޮންނާނެ      ދެމެދު ގެ ތާރީޚެއްގައި ދަރުމަވަންތަ ސްކޫލްގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން،  އެ

ތަނާއި، މުއްދަތު:         ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން  ތިބުން އެދެމެވެ.

                                 

 

ޝޯޓް ލިސްޓްކުރުން:        މި ވަޒީފާއަށް އެދި ހުށައަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި

                    ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް

                   ޝޯޓްލިސްޓް ކުރެވޭނެއެވެ. 

މަޤާމަށް މީހުން ހޮވުމަށް  %30 ( ތިރީސް އިންސައްތަ.)

ކަނޑައަޅާފައިވާ

ކުރައިޓީރިއާގެ  

ހުރިހާ ބަޔަކުން އެންމެ

ދަށްވެގެން ލިބެންޖެހޭ ޖުމްލަ

އިންސައްތަ: 

އިތުރު މަޢުލޫމާތު ހޯދުން:    މި ޢިއުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3324495 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ،

                   3327005 އެވެ. އީ މެއިލް ކުރާނީ [email protected] އަށެވެ.

                            26 ޑިސެންބަރު 2017

                      

26 ޑިސެންބަރު 2017
ހޯދާ