ކޮލިޓީ އެޝުއަރެންސް ޑިޕާޓްމަންޓް، މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
އެސިސްޓެންޓް ޑިރެކްޓަރ

މަޤާމް :އެސިސްޓެންޓް ޑިރެކްޓަރ
ބޭނުންވާ އަދަދު :1

މަޤާމް:                            އެސިސްޓެންޓް ޑިރެކްޓަރ

މަޤާމު ނަންބަރު:                      J-271611

ބޭނުންވާ އަދަދު:                      01

ރޭންކް:                            އެމް.އެސް.3

ކްލެސިފިކޭޝަން:                  ސީނިޔަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މުސާރަ:                        -/7035 ރުފިޔާ

ސަރވިސް އެލަވަންސް:              -/2000 ރުފިޔާ

މަޤާމުގެ  ގިންތި:                     ދާއިމީ

މަޤާމު އޮތް އޮފީސް:                    ކޮލިޓީ އެޝުއަރެންސް ޑިޕާޓްމަންޓް / މިނިސްޓްރީ އޮފް އެޑިއުކޭޝަން

ވަޒީފާއަދާކުރަން ޖެހޭ ތަން :              ކޮލިޓީ އެޝުއަރެންސް ޑިޕާޓްމަންޓް / މިނިސްޓްރީ އޮފް އެޑިއުކޭޝަން

ވަޒީފާއޮތް އޮފީސް:                     ކޮލިޓީ އެޝުއަރަންސް ޑިޕާޓްމަންޓް / މިނިސްޓްރީ އޮފް އެޑިއުކޭޝަން

ވަޒީފާއަދާކުރާ ސެކްޝަނާއި ތަން :          އެޑްމިނިސްޓްރޭޓިވް ސެކްޝަން/ ކޮލިޓީ އެޝުއަރެންސް ޑިޕާޓްމަންޓް/ މިނިސްޓްރީ އޮފް އެޑިއުކޭޝަން

 

އިތުރު އިނާޔަތްތައް:                    1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

                                 2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

                                 3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

ވަޒީފާގައި ކުރަންޖެހޭ މައިގަޑު މަސައްކަތްތައް:

 

1- ހަރުދަނާ ނިޒާމެއްގެދަށުން ޑިޕާޓްމަންޓުގެ އިދާރީ މަސައްކަތްތައް ރާވާ، ޔުނިޓުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ހަވާލުކޮށް މަސައްކަތް ކުރިއަށްދާގޮތް މޮނީޓަރ ކޮށް ބެލެހެއްޓުން.

2- ޑިޕާޓްމަންޓުގެ މުވައްޒަފުންގެ ހިއުމަން ރިސޯސް މެނޭޖްމަންޓްގެ މަސައްކަތް ރާވާ، ޔުނިޓުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ހަވާލުކޮށް މަސައްކަތް ކުރިއަށްދާގޮތް މޮނީޓަރ ކޮށް ބެލެހެއްޓުން.

3- ޑިޕާޓްމަންޓުގެ މުވައްޒަފުންގެ މުސާރައާއި އިތުރުގަޑީގެ އެލަވަންސް ރިޕޯޓު ތައްޔާރުމުގެ މަސައްކަތްތައް ރާވާ، ޔުނިޓުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ހަވާލުކޮށް މަސައްކަތް ކުރިއަށްދާގޮތް މޮނީޓަރ ކޮށް ބެލެހެއްޓުން.

4- ޑިޕާޓްމަންޓުގެ ފައިސާއާއި ގުޅުންހުރި އެންމެހާ ކަންތައްތައް މާލިއްޔަތުގެ ޤާނޫނާއި ޤަވާއިދާ އެއްގޮތަށް ހަރުދަނާ ނިޒާމެއްގެދަށުން ރާވާ، ޔުނިޓުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ހަވާލުކޮށް މަސައްކަތް ކުރިއަށްދާގޮތް މޮނީޓަރ ކޮށް ބެލެހެއްޓުން.

 

 

ޝަރުޠު

1-                 އެޑްމިނިސްޓްރޭޝަން/ފައިނޭންސް/ހިއުމަންރިސޯސް މެނޭޖްމެންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު އެޑްމިނިސްޓްރޭޝަން/ފައިނޭންސް/ ހިއުމަންރިސޯސް މެނޭޖްމެންޓް ދާއިރާގައި މަދުވެގެން 06 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

2-      އެޑްމިނިސްޓްރޭޝަން/ފައިނޭންސް/ހިއުމަންރިސޯސް މެނޭޖްމެންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު އެޑްމިނިސްޓްރޭޝަން/ފައިނޭންސް/ހިއުމަންރިސޯސް މެނޭޖްމެންޓް ދާއިރާގައި މަދުވެގެން 04 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން.  ނުވަތަ

3-      އެޑްމިނިސްޓްރޭޝަން/ފައިނޭންސް/ހިއުމަންރިސޯސް މެނޭޖްމެންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 6 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު އެޑްމިނިސްޓްރޭޝަން/ފައިނޭންސް/ހިއުމަންރިސޯސް މެނޭޖްމެންޓް ދާއިރާގައި މަދުވެގެން 02 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން.  ނުވަތަ

4-      އެޑްމިނިސްޓްރޭޝަން/ފައިނޭންސް/ހިއުމަންރިސޯސް މެނޭޖްމެންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ގެ ސަނަދެއް ހާސިލްކޮށްފައިވުން.  ނުވަތަ

5-      އެޑްމިނިސްޓްރޭޝަން/ފައިނޭންސް/ހިއުމަންރިސޯސް މެނޭޖްމެންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން 

 

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

  

ހ. ޙާސިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

 

ހުށަހަޅަންޖެހޭ ލިޔުންތައް

1-      ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު

2-    ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3-  ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

4-  ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

5-    ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

6-    ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

7-  ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.

8-    މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

-         މިވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ ކޮލިޓީ އެޝުއަރަންސް ޑިޕާޓްމެންޓް /ހ.ހުޅުގަލި - 3 ވަނަ ފަންގިފިލާ (ކަރަންކާމަގު/ކ.މާލެ) އަށެވެ.

-          ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 02 ޖެނުއަރީ 2018  ވަނަ ދުވަހުގެ 13:00ގެ ކުރިން މި ޑިޕާޓްމެންޓަށެވެ.

-         އެޕްލިކޭޝަން ފޯމާއި އެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

 

 

 

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު: 

ހ. މި މަގާމަށް މީހަކު ހޮވުމަށް އިންޓަރވިއު އޮންނާނީ 03 ޖެނުއަރީ – 09 ޖެނުއަރީ 2018 އާ ދެމެދުގެ ތާރީޚެއްގައެވެ.

ށ. އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ނ. އިންޓަވިއު އޮންނަ ތަން: ކޮލިޓީ އެޝުއަރަންސް ޑިޕާޓްމެންޓް /ހ. ހުޅުގަލި - 3 ވަނަ ފަންގިފިލާ (ކަރަންކާމަގު/ކ.މާލެ)

 

ޝޯޓް ލިސްޓްކުރުން: މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ ޢަދަދު 15 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ: 30%       (ތިރީސް އިންސައްތަ)

 

 

އިތުރު މަޢުލޫމާތު ހޯދުން: މި ޢިއުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3341158 ނަންބަރު ފޯނާއެވެ. 

21 ޑިސެންބަރު 2017
ހޯދާ