ރެހެންދި ސްކޫލް/ހުޅުމާލެ
ދިވެހިރާއްޖެ
2018 ވަނަ އަހަރު ފެށެންވާއިރަށް ކުރަންޖެހޭ ބައެއް މަރާމާތު މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

2018 ވަނަ އަހަރު ފެށެންވާއިރަށް ކޮންމެހެން ބޭނުންވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރ (IUL)RS/1/2017/1105)  (07 ޑިސެމްބަރ 2017) އިއުލާން ގުޅިގެން އަންދާސީ ހިސާބު ހުށަހެޅުމަށް އެކަށީގެންވާ އަދަދަށް  ހާޒިރުވެފައި ނުވާތީ، އެ އިޢުލާން ބާތިލުކޮށް އަލުން 2018 ވަނަ އަހަރު ފެށެންވާއިރަށް ކޮންމެހެން ބޭނުންވާ ތިރީގައި މިދަންނަވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.

 

1.ބައެއް ފާޚާނާތައް މަރާމާތު ކުރުން

2. ކަރަންޓް ޑީބޯރޑްތައް ރަނގަޅުކުރުން

3.ތަޅަން ގަނޑުތައް ހަލާކުވެފައިވާ ކުލާސްރޫމް ތަކުގެ ތަޅަންގަނޑު މަރާމާތުކުރުން

          ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 24 ޑިސެމްބަރ 2017 ވާ އާދިއްތަ ދުވަހުގެ 11:00 އަށް މި ސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 31 ޑިސެމްބަރ 2017 ވާ އާދިއްތަ ދުވަހު 11:00 އަށް މިސްކޫލަށްދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

    މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ.

19 ޑިސެންބަރު 2017
ހޯދާ