އަރިއަތޮޅު އުތުރުބުރީ މާޅޮހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

  

އިޢުލާން

 

ވަޒީފާގެ ފުރުޞަތު

 

މަޤާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ރޭންކް:

ޖީ.އެސް 3

ކްލެސިފިކޭޝަން

އޮފިސަރ ގްރޭޑް 1

އޮފީސް / އިދާރާ

އަރިއަތޮޅު އުތުރުބުރީ މާޅޮހު ކައުންސިލްގެ އިދާރާ

ސެކްޝަން

ކޯޕަރޭޓް އެފެއަރޒް

ވަޒީފާ އަދާކުރަންޖެހޭ ތަން

އއ.މާޅޮހު ކައުންސިލްގެ އިދާރާ

މުސާރަ

4,465/- ރުފިޔާ

ސަރވިސް އެލަވަންސް:

1,500/- ރުފިޔާ

ބޭނުންވާ ޢަދަދު:

01 (އެކެއް)

 

މަގާމުގެ ޝަރުޠުތައް: 

 

 

 

1. މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

2. ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

 

         

 

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  • މުވައްޒަފުންގެ ވަޒީފާ ބަޔާންތަކާއި ވަޒީފާގެ އެއްބަސްވުންތައް ލިޔެ އަޕްޑޭޓްކޮށް ބެލެއްޓުން.
  • އިދާރާއަށް ބޭނުންވާ މަގާމުތައް އުފެއްދުމާއި، އެ މަގާމުތަކަށް މުވައްޒަފުން ހޯދުމަށް ކުރަންޖެހޭ އިދާރީ އެންމެހައި ކަންކަންކުރުން.
  • އިދާރާގެ މަގާމުތަކުގެ ރަޖިސްޓްރީ އާއި މުވައްޒަފުންގެ ރަޖިސްޓްރީ ތައްޔާރުކޮށް އަޕްޑޭޓްކޮށް ބެލެހެއްޓުން.
  • މުވައްޒަފުންގެ މަސައްކަތު ފެންވަރުބަލާ ފޯމު ފުރުމާ ގުޅޭގޮތުން އިދާރީ ގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން މަސައްކަތު ފެންވަރު ބެލުމުގައި ޢަމަލުކުރާ އުޞޫލާ އެއްގޮތަށް ކުރުން.
  • މުވައްޒަފުންގެ ޗުއްޓީ އާއި ސަލާމާ ގުޅޭ އެންމެހައި ކަންކަމާއި ޗުއްޓީ އާއި ސަލާމުގެ ރެކޯޑުތައް ލިޔެ ބެލެހެއްޓުމާއި ރިޕޯޓް ފޮނުވަން ޖެހޭ ފަރާތްތަކަށް ފޮނުވުން.
  • އިދާރާގެ "އޭ" ސެކްޝަނަށް ހުށަހެޅޭ މައްސަލަތަކުގެ ރެކޯޑް ލިޔެ ބެލެހެއްޓުމާއި ފައިލިންގ ސިސްޓަމް ބެލެހެއްޓުން.
  • ރަމަޟާން މަހާއި ޝައްވާލު މަހުގެ ހަނދު ބެލުމާއި، ހުކުރު،ޢީދު،ކޭތަ،ކަށު ނަމާދަށް ދެންނެވުމާ ގުޅޭ އެންމެހައި ކަންކަން ކުރުން.
  • އިދާރާ އަށް ލިބޭ އެންމެހައި ތަކެތި ބަލައިގަނެ، އެންޓްރީކޮށް ސެކްޝަންތަކާ ޙަވާލުކުރުމާއި ޚިދުމަތް ހޯދުމަށް އަންނަ ފަރާތްތަކާ މުޢާމަލާތު ކުރުން.
  • ޢުމުރުން ދުވަސްވީ މީހުންގެ ރެކޯޑު ބެލެހެއްޓުމާއި އުމުރުން ދުވަސްވީ މީހުންނަށް ދޭ އިނާޔަތް ލިބިގަތުމަށް އެދޭ ފޯމު ދޫކުރުމާއި ބަލައިގަތުމާއި ފޮނުވުމާ ގުޅޭ ކަންކަން ކުރުން.
  • އިދާރާގެ ސްޓޮކް ލިޔެ ބެލެހެއްޓުމާއި ޕޯސްޓާ ގުޅޭ ކަންކަން ކުރުން.
  • ތިމާވެށީގެ މައްސަލަތަކާއި އިދާރާ ހުޅުވާ ބަންދު ކުރުމާ ގުޅޭ ކަންކަން ކުރުން.
  • އޮފީހުންކުރިއަށްގެންދާޚާއްޞަމަސައްކަތްތަކުގައިބައިވެރިވުމާއި،އޮފީހުގެމަސައްކަތުގެދާއިރާގެތެރެއިންޙަވާލުކުރެވޭއެހެނިހެން ކަންތައްތައްކުރުން.
       

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ލިބިފައިވާ ތަޢުލީމާއި، ތަމްރީނު
  2. ލިބިފައިވާ މަސައްކަތު ތަޖުރިބާ
  3. ލިބިފައިވާ ހުނަރު

 

  1. ފުރިހަމަކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެމަކަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

  1. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

                 

މަގާމަށް އެދެންވީ ގޮތާއި ސުންގަނޑި:

 

 

 

އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު:

 

 

 

ޝޯޓް ލިސްޓްކުރުން:

 

 

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:

 

އިތުރު މަޢުލޫމާތު ހޯދުން:

ވަޒީފާއަށް އެދޭ ފޯމް އއ.މާޅޮހު ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv  ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 31 ޑިސެންބަރ 2017 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން އއ.މާޅޮހު ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ، [email protected]  އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައިނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

 

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 31 ޑިސެންބަރ 2017 އާއި 05 ޖެނުއަރީ 2018 އާއި ދެމެދު އއ.މާޅޮހު ކައުންސިލްގެ އިދާރާގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚްތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

 

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

 

 

30 އިންސައްތަ.

 

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6660059 ނަންބަރު ފޯނާއެވެ. އީމެއިލް ކުރާނީ [email protected]  އަށެވެ.

 

                     

18 ޑިސެންބަރު 2017
ހޯދާ