މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
ގއ.ވިލިގިލިން އޮފީސް ޢިމާރާތަކަށް ބޭނުންކުރެވޭ ތަނެއް ކުއްޔަށް ހިފުން

ޢިމާރާތެއް ކުއްޔަށް ހިފުމާއިބެހޭ

                     މިކުންފުންޏަށް ގއ.ވިލިގިލިން އޮފީސް ޢިމާރާތަކަށް ބޭނުންކުރެވޭގޮތަށް ހަދާފައިވާ ތަނެއް ކުއްޔަށް ހިފުމަށް ބޭނުންވެއެވެ. ވީމާ މިފަދަތަނެއް ކުއްޔަށް ދޫކުރެއްވުމަށް ބޭނުންފުޅުވާފަރާތްތަކުން 24 ޑިސެމްބަރ 2017 ބުދަ ދުވަހުގެ 15:00 ގެކުރިން ތިރީގައި ދެވިފައިވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް މިކުންފުނީގެ ގއ.ވިލިގިލިން  ނުވަތަ މޯލްޑިވްސް ޕޯސްޓް ލިމިޓެޑަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި 24 ޑިސެމްބަރ 2017 ވަނަ ދުވަހުގެ 15:00ގެ ފަހުން އަންދާސީ ހިސާބު ހުށަނޭޅޭނެ ވާހަކަ ދަންނަވަމެވެ.

 

ޢިމާރާތް ހޯދަން ބޭނުންވާ ރަށް:

  • ގއ.ވިލިގިލި

 

ކުއްޔަށް ހިފަން ބޭނުންވާ ޢިމާރާތާއި ބެހޭ ތަފްޞީލް ހުށަހެޅުން

  • ޢިމާރާތުގެ ބޮޑުމިން ބަޔާން ކުރުން
  • ޢިމާރާތަކީ އޮފީސް ހިންގުމަށް ބޭނުން ކުރެވޭ ފަދަ އިމާރާތަކަށްވުން
  • ޢިމާރާތުގެ ރަޖިސްޓްރީ ކޮޕީ ހުށަހެޅުން
  • ޢިމާރާތް ހުރި ސަރަހައްދު ބަޔާން ކުރުން
  • ޢިމާރާތުގެ ކުލި ބަޔާން ކުރުން
  • ޢިމާރާތް ކުއްޔަށް ދެވޭނެ އެންމެ ދިގު މުއްދަތު.

ނޯޓް: ސަރުކާރުގެ ޢިމާރާތެއްނަމަ އެފަރާތްތަކަށް ޢިސްކަން ދެވޭނެއެވެ.

 

ކުއްޔަށް ހިފަން ބޭނުންވާ ޢިމާރާތުގައި ހުންނަޖެހޭ ކަންތައްތައް

 

  • ޢިމާރާތުގެ ކަރަންޓާއި ފެން ވަކިކޮށްފައި ހުރުން .
  • ޢިމާރާތުގައި ވަކިން ފޯންލައިން އަޅާފައި ހުރުން.
  • ޢިމާރާތުގައި ވަކިން ފާޚާނާ ހުރުން.
  • ·         ޢިމާރާތަކީ ސެކިއުރިޓީ ވަރުގަދަކޮށް ހަދާފައި ހުރި ޢިމާރާތަކަށްވުން.
  • ·         ކަސްޓަމަރުންނަށް ޚިދުމަތް ދިނުމަށް ބޭނުންކުރާގޮތަށް ހޯދޭ ޢިމާރާތަކަށް ވާތީ ޢިމާރާތުގެ ޚިދުމަތްދޭ އޭރިޔާ މަގުމަތިން އެތެރެ ފެންނަގޮތަށް  ބިއްލޫރި ޖަހާފައިވާ ތަނަކަށްވުން
  • ·         ރަށުގެ ރަނގަޅު ހިސާބެއްކަމުގައިވުން (މައި މަގަށް ވާގޮތަށް ހުންނަ ތަނެއްކަމުގައިވުން).

 

ހުށަހަޅަންޖެހޭ އިތުރު މަޢުލޫމާތުތައް:

  • ބިޑް ހުށަހަޅުއްވާއިރު ބިމާއި ޢިމާރާތުގެ ވެރިފަރާތްކަން ނުވަތަ ހުށަހަޅާ ތަނަކާ އެފަރާތަކާ ހުރިގުޅުން އެގޭނެ ލިޔުމަކާއި އައި.ޑީ ކާރޑްގެ ކޮޕީ އާއި އެކު ހުށަހެޅުން

 

މި ބިޑާއި ގުޅިގެން ޕޮއިންޓް ދެވޭނެގޮތް ތިރީގައި އެވަނީއެވެ.

  • އަގު: %50
  • ކުއްޔަށްދޭ މުއްދަތު:%20
  • ސެކިއުރިޓީ ގޮތުން ވަރުގަދަ ޢިމާރާތެއްނަމަ: %30

                   

               30 ރަބީޢުލްއައްވަލް 1439

               18 ޑިސެމްބަރ 2017

18 ޑިސެންބަރު 2017
ހޯދާ