ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ހއ.ވަށަފަރު އައު އިންޖީނުގޭގެ ނުނިމިހުރި މަސައްކަތާ ގުޅޭ:

ނަންބަރު:FNK-K(T)/FNK/IUL/2017/182

 

އިޢުލާން

 

ހއ.ވަށަފަރު އައު އިންޖީނުގޭގެ ނުނިމިހުރި މަސައްކަތާ ގުޅޭ:

 

    މިކުންފުނިން ދޭ މަޢުލޫމާތާ އެއްގޮތަށް ހއ.ވަށަފަރު އައު އިންޖީނުގޭގެ ނުނިމިހުރި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

           ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2017 ޑިސެމްބަރ 18 ވާ ހޯމަ ދުވަހު 14:30 އަށް މި ކުންފުނީގެ ހެޑް އޮފީސް (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) ނުވަތަ މިކުންފުނީގެ ހއ.ވަށަފަރު ބްރާންޗަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2017 ޑިސެމްބަރ 21 ވާ ބުރާސްފަތި ދުވަހު 12:00 ގައި އަންދާސީހިސާބު ހުށައެޅުއްވުން އެދެމެވެ.

އަންދާސީހިސާބު ހުށައަޅާނީ މި ކުންފުނީގެ ހެޑް އޮފީސް (ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) ނުވަތަ މިކުންފުނީގެ ހއ.ވަށަފަރު ބްރާންޗަށެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ.

              25 ރަބީޢުލްއައްވަލް 1439

              13  ޑިސެމްބަރ  2017

 

             

13 ޑިސެންބަރު 2017
ހޯދާ