ކުޑަފަރީ މަދަރުސާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު (އެސިސްޓެންޓް ހެލްތު އޮފިސަރ ވަގުތީ)

މަޤާމް: އެސިސްޓެންޓް ހެލްތު އޮފިސަރ (ވަގުތީ) 

  ބޭނުންވާ ޢަދަދު: 1

ވަޒީފާ އަދާކުރަންޖެހޭތަން: ނ. ކުޑަފަރީ ސްކޫލް

 

 

މަޤާމް

ރޭންކް

ކްލެސިފިކޭޝަން

ޝަރުތު

މަޤާމުގެ އަސާސީ މުސާރަ

ސަރވިސް އެލެވެންސް

އެސިސްޓެންޓް ހެލްތު އޮފިސަރ (ވަގުތީ) 

GS3

އޮފިސަރ ގްރޭޑް 1

- ހެލްތު ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، ހެލްތު ދާއިރާއިން 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

-   ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

 

 

4465.00

1500.00

މަޤާމުގެ މަސްއޫލިއްޔަތު

ދަރިވަރުންނަށާއި، ސްޓާފުން އަދި ބެލެނިވެރިންނަށް އަމާޒުކޮށްގެން ސިއްޙީ ޕްރޮގްރާމްތައް ރާވައި ހިންގުން.

-  ދަރިވަރުންގެ ހެލްތް ޗެކަޕް ޕްރޮގްރާމް ރާވައި ހިންގުން

 - ހެލްތް ރޫމް ބެލެހެއްޓުން.

- ހެލްތް ރޫމުން ފަސްޓް އެއިޑް ލިބޭނެ އިންތިޒާމް ހަމަޖެއްސުން .

- ސްކޫލްގެ އިމާރާތްތަކާއި، ގޯތިތެރެއާއި ފާޚާނަތަކުގެ ސާފުތާހިރުކަން ދުވަހުން ދުވަހަށް ޗެކުކުރުން.

- ސިއްޙީ މައްސަލަތައް ހުންނަ ދަރިވަރުންގެ ބެލެނިވެރިންނާއި ބައްދަލުކޮށް އެހީތެރިވެދިނުން.               

- ދަރިވަރުންނަށް ސިއްޙީ މަޢުލޫމާތު ފޯރުކޮށްދިނުން.

-ކުރިޔަށް  އޮތް އަހަރު ސްކޫލް ހެލްތް ޕްރޮގުރާމް ހިންގާނެ ގޮތުގެ ތާވަލް ތައްޔާރުކޮށް އެޑިއުކޭޝަން ފޮނުވުން

އުޖޫރަ އާއި އިނާޔަތްތައް

  • އިތުރުގަޑީގައި މަސައްކަތް ކުރުވައިފިނަމަ ހަމަޖެހިފައިވާ ގަވާއިދުން އިތުރު ގަޑީގެ ފައިސާ
  • ސިވިލްސަރވިސްގެ މުވައްޒަފުންނށް ސިވިލްސަރވިސްއިން ކަނޑައަޅުންވައިފައިވާ އެލަވަންސް، އާއި ޢިނާޔަތްތައް.

އެންމެ ޤާބިލުމީހަކު މީހުންހޮވުމުގައިބަލާނެ ކަންތައްތައް

  • ވަޒީފާގެ މަސައްކަތާއިގުޅޭ ގޮތުން ލިބިފައިވާ ހުނަރާއި ތަޖުރިބާ
  • ކޮމްޕިއުޓަރު ބޭނުންކޮށްގެ މަސައްކަތްކުރަން ދަންނަ މިންވަރު
  • ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހަކަށްވުން

ހުށަހަޅަންޖެހޭ ލިޔުންތައް

1-      ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް ( ސިވިލްސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމް)

2-      ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ(އެކްރިޑެޓްކޮށްފައިވާ(

3-      ސަރުކާރުގެ ނުވަތަ ސިވިލްސަރވިސް އަށް ޚިދުމަތްކުރުމަށް ބޮންޑެއްގައި ހުރި މުވައްޒަފެއްނަމަ ވަޒީފާއަށް ހޮވިއްޖެނަމަ ބަދަލުވުމުގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުން

4-      ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މުއްދަތާއި މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމުގެ ކޮޕީ

5-      ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

6-      ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި، އީމެއިލް އެޑްރެހާއެކު)

7-      ސިވިލްސަރވިސްގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފުން، އެމުވައްޒަފުން ފެންވަރު ބެލުމުގެ ނަތީޖާއާއި، ހާޟިރީ އަދި މަސައްކަތުގެ އަޚްލާގު ހުރިގޮތްބަޔާންކޮށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކުރާ "މުވައްޒަފުގެ މަސައްކަތުގެ ފެންވަރުބެލުމުގެ ނަތީޖާއާއި، ހާޟިރީ އަދި މަސައްކަތުގެ އުޅުމާއި އަޚްލާޤު ހުރިގޮތް ބަޔާން ކުރާ ފޯމު"ސިވިލްސަރވިސްގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފަކުވެސް ހުށަނާޅައިފިނަމަ "ވަޒީފާއަށް ކުރިމަތިލައިފައިވާ ފަރާތައް ޕޮއިންޓް ލިބުނުގޮތުގެ ޝީޓް" ގައިވާ މިކަމާގުޅޭ ބައިތަކަށް ޕޮއިންޓެއް ނުދެވޭނެއެވެ.

ސުންގަޑި

މި ވަޒީފާއަށް އެދިވަޑައިގަންނަވާ ފަރާތްތަކުން ސިޓީ އާއި އެކު ހުށަހަޅަންޖެހޭ ލިޔުންތަކާއިއެކު 25 ޑިސެމްބަރ 2017 ވާ ހޯމަ ދުވަހުގެ މެންދުރު 12.00 ގެ ކުރިން މި ސްކޫލަށް ހުށަހެޅުއްވުން އެދެމެވެ.

ވަޒީފާއަށް ކުރިމަތިލައްވާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތަކާއި އިންޓަވިއުކުރުމާއި ޕްރެކްޓިކަލް ޓެސްޓް  އިއުލާނުގެ މުއްދަތު ހަމަވާތާ 10 ދުވަސްތެރޭގައި ކުޑަފަރީ ސްކޫލްގައި އޮންނާނެއެވެ.

 

އިތުރުމަޢުލޫމާތު

މަޢުލޫމާތު ހޯއްދެވުމަށް ގުޅުންވާނީ 6561802 ފޯނާއެވެ.

މި މަޤާމަށް އިންޓަވިއުކުރެވޭނީ ޝަރުތުހަމަވާ ފަރާތްތަކާއެވެ.

13 ޑިސެންބަރު 2017
ހޯދާ