ޖަމާލުއްދީން ސްކޫލް
ދިވެހިރާއްޖެ
ޖަމާލުއްދީން ސްކޫލްގެ ނަންބޯޑު އަދި މޮނިއުމަންޓް ހެދުން

ޖަމާލުއްދީން ސްކޫލްގެ ނަންބޯޑު އަދި މޮނިއުމަންޓް ހެދުން

 

އަންދާސީ ހިސާބު ބޭނުންވެއްޖެ

މި ސްކޫލުން ދޭ މަޢުލޫމާތާއި އެއްގޮތަށް މި ސްކޫލްގެ ރަސްމީ ނަންބޯޑާއި އަދި ނަންބޯޑާއި ގުޅޭގޮތަށް މޮނިއުމަންޓެއް ހަދާދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2017 ޑިސެމްބަރު 18 ވާ ހޯމަ ދުވަހުގެ 11:00 އަށް މިސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2017 ޑިސެމްބަރު 21 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިސްކޫލަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. ކަނޑައެޅިފައިވާ ގަޑިއަށް މަޢުލޫމާތުދިނުމުގެ ބައްދަލުވުމަށް ޙާޒިރުނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ  ވާހަކަ ދެންނެވީމެވެ.

އަދި ދަންނަވަމެވެ. މި މަސައްކަތާއި ގުޅޭގޮތުން މީގެ ކުރިން ކުރެވިފައިވާ އިޢުލާނުތަކާއި އެ އިޢުލާނުތަކާއި ގުޅޭ ގޮތުން ހުށަހެޅިފައިވާ އެސްޓިމޭޓްތައް މި އިޢުލާނު ގެޒެޓް ކުރެވުމުން ބާޠިލްވާނެއެވެ.

24 ރަބީޢުލްއޫލާ 1439

12 ޑިސެމްބަރު 2017

12 ޑިސެންބަރު 2017
ހޯދާ