މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިރަށު ބަނދަރުގެ ދެކުނު ސަރަހައްދުގައި ތެލުގެ ވިޔަފާރިކުރުމަށް ހާއްސަކުރެވިފައިވާ ބިމުން 2000 އަކަފޫޓްގެ 2 ބިން އެންމެ ރަގަޅު އަގު ހުށަހަޅާ ފަރާތަކަށް 10 އަހަރުގެ މުއްދަތައް ދޫކުރުމަށް ވަނީ ނިންމާފައެވެ.

`

                               

މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ

އުނގޫފާރު، ދިވެހިރާއްޖެ                                   ނަންބަރު:  (IUL)303-AS /303/2017/51

 

އިޢުލާން

 

 މިރަށު ބަނދަރުގެ ދެކުނު ސަރަހައްދުގައި ތެލުގެ ވިޔަފާރިކުރުމަށް ހާއްސަކުރެވިފައިވާ ބިމުން 2000 އަކަފޫޓްގެ 2 ބިން އެންމެ ރަގަޅު އަގު ހުށަހަޅާ ފަރާތަކަށް 10 އަހަރުގެ މުއްދަތައް ދޫކުރުމަށް ވަނީ ނިންމާފައެވެ.  

 

             މިރަށު ބަނދަރުގެ ދެކުނު ސަރަހައްދުގައި ތެލުގެ ވިޔަފާރިކުރުމަށް ހާއްސަކުރެވިފައިވާ ބިމުން 2000 އަކަފޫޓްގެ 2 ބިން އެންމެ ރަގަޅު އަގު ހުށަހަޅާ ފަރާތަކަށް 10 އަހަރުގެ މުއްދަތައް ދޫކުރުމަށް ވަނީ ނިންމާފައެވެ. 

             ވީމާ، ސުރުޚީގައި ދެންނެވިފައިވާ މަސައްކަތަށް މިއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް ތެލުގެ ވިޔަފާރިކުރުމަށް ބިން ބޭނުންވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާނީ 17 ޑިސެމްބަރ 2017، ބުރާސްފަތި ދުވަހުގެ 11:00 އަށް މިއިދާރާ އަށެވެ. އަންދާސީ ހިސާބް ހުށަހެޅުން އޮންނާނީ ރ . އުނގޫފާރު ކައުންސިލް އިދާރާގައި 25 ޑިސެމްބަރ 2017، ބުރާސްފަތި ދުވަހު 01.30 ގައެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބް ހުށަހެޅުމުގެ ފުރުޞަތެއް ނޯންނާނެއެވެ.

މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުގެ ތެރެއިން އެއްވެސް ބޭފުޅަކަށް މިމަސައްކަތުގެ މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގެންނެވެން ނެތްފަދަ ޙާލަތެއް ދިމާވެއްޖެނަމަ ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ ބަދަލުގައި ފޮނުއްވިކަން އެގޭ ސިޓީއެއް ، އަދި ކުންފުންޏަކުން ފޮނުއްވާނަމަ އެއީ ކޮންކުންފުންޏެއް ތަމްސީލު ކުރުމަށްކަން އެނގޭނެ ކުންފުނީގެ ލެޓަރހެޑުގައި ލިޔެފައިވާ ސިޓީއެއް ހިއްޕަވައިގެން ވަޑައިގެން ދެއްވުން އެދި ދަންނަވަމެވެ. އަދި ހުށަހަޅާ ފަރާތަކީ ކުންފުންޏެއް ނުވަތަ ޕާރޓްނާޝިޕެއް ނުވަތަ ކުލަބް ޖަމާއަތަކުން ނުވަތަ އަމިއްލަފަރުދުންގެ ވިޔަފާރި އަކުންނަމަ އެތަނެއްގެ ރަޖިސްޓްރީގެ ކޮޕީ ހުށަހަޅަންވާނެއެވެ. ތެލުގެ ވިޔަފާރިއަށް ބިންހޯދުމަށް އެދި ހުށައަޅާ އަންދާސީ ހިސާބް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. މި މަސައްކަތަށް އެދި ހުށައަޅުއްވާ ސިޓީއުރައިގެ ބޭރުގައި " ދެކުނު ޖެޓީ ސަރަހައްދުން ތެލުގެ ވިޔަފާރިއަށް ބިންހޯދުމަށް އެދި " މިހެންލިޔެފައި އޮންނަންވާނެއެވެ. އަދި މީގެ އިތުރުން އަންދާސީ ހިސާބް ހުށައަޅާ ފަރާތުގެ ނަމާއި، އެޑުރެސް އަދި ފޯން ނަމްބަރ ސިޓީއުރާގެ ބޭރުގައި އޮންނަން ވާނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި މިއިދާރާގެ 6580118 ނަންބަރު ފޯނާއި ގުޅުއްވުން އެދެމެވެ.

ތިރީގައިއެވަނީ މިމަސައްކަތުގައި މާކުސް ދިނުމަށް ހަމަޖެހިފައިވާ ގޮތެވެ.

ތެލުގެ މަސައްކަތައް ބިންހޯދުމަށް އެދި ހުށަހަޅާ އަގަށް  %90

މާލީތަނަވަސް ކަމަށް % 10

           ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

           23  ރަބީއުލްއައްވަލް  1439    

            11  ޑިސެމްބަރ   2017  

 

 

                   އަބްދުންނާޞިރު ޢަލީ

                                          ( ކައުންސިލްގެ ރައީސް )

11 ޑިސެންބަރު 2017
ހޯދާ