ކުނަހަންދޫ ސްކޫލް، ލ. ކުނަހަންދޫ
ދިވެހިރާއްޖެ
ފާޚާނާ މަރާމާތުކުރުން

އިޢުލާން

3ކުލާސްރޫމް މަރާމާތު ކޮއްދޭނެ ފަރާތެއް ހޯއްދުން

 

މި ސްކޫލުގެ 5 ފާޚާނާ އަމިއްލަ ތަކެތީގައި މަރާމާތު ކޮއްދޭނެ ފަރާތެއް ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 19 ޑިސެމްބަރ 2017 އަންގާރަ ދުވަހުގެ މެންދުރު 13:00 އަށް ކުނަހަންދޫ ސްކޫލަށް ހާޒިރުވެ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 24 ޑިސެމްބަރު 2017 ވާ އާދީއްތަ ދުވަހުގެ މެންދުރު 13:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބާއި، އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާއިރު މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހިފައިގެން އައުމަށާއި، އެއްވެސް ފަރާތެއްގެ ބަދަލުގައި ހާޒިރު ވާނަމަ، އެކަން އެނގޭނެ ލިޔުމެއް ހިފައިގެން ޙާޒިރުވުން އެދެމެވެ.

މި މަސައްކަތަށް ކުރިމަތިލައްވާ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަރާތެއް ހޮވުމަށް ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ ބައިތައް ތިރީގައި މިވަނީއެވެ. ޕޮއިންޓް ދެވޭ ގޮތުގެ ތަފުސީލު ބީލަން ތައްޔާރުކޮށް ހުށަހަޅާނެ ގޮތުގެ މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ރަސްމީގަޑީގައި 6800744 ނަންބަރަށެވެ.

#

ޕޮއިންޓް ދިނުމުގައި ބެއްލެވޭނެ ކަންތައް

ޕޮއިންޓް

1

މަސައްކަތުގެ އަގަށް

65

2

މަސައްކަތުގެ މުއްދަތަށް

25

3

މާލީ ތަނަވަސްކަމާއި ފަންނީ ޤާބިލުކަމަށް

5

4

މަސައްކަތުގެ ތަޖުރިބާއަށް

5

 

ޖުމްލަ (ސަތޭކަ)

100

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

22 ރަބީޢުލްއައްވަލް 1439

10 ޑިސެމްބަރ 2017

 

 

                                     

                                                          މުޙަންމަދު ސަޢީދު

                                                       ވަގުތީގޮތުން ހިންގުމާ ހަވާލުވެ ހުންނެވި

10 ޑިސެންބަރު 2017
ހޯދާ