ޢިމާދުއްދީން ސްކޫލް
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ

ނަންބަރ IUL/IM/1/2017/45 

                              

            މިސްކޫލްގެ ކެންޓީން ހިންގާދޭނޭ ފަރާތެއް ހޯދުމަށް ބޭނުންވެގެން ކުރެވުނު މިސްކޫލްގެ އިޢުލާން ނަންބަރ: IUL/IM/1/2017/44 ގުޅިގެން އެކަށީގެންވާ އަދަދަށް މަޢުލޫމާތު ސާފުކުރުމަށް ވަޑައިގެންފައިނުވާތީ އެއިޢުލާން ބާތިލްކޮށް މިކަމަށް އެދި ހުށައެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

            ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 14ޑިސެމްބަރ 2017 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11.00 ށް މިސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 21 ޑިސެމްބަރ 2017 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11.00 ށް މިސްކޫލަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.  އަދި މަތީގައި ދެންނެވިފައިވާ ގަޑިއަށް މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށައެޅުއްވުމުގެ ފުރުސަތު ދެވެން ނޯންނާނެވާހަކަ ދެންނެވީމެވެ. 

07 ޑިސެންބަރު 2017
ހޯދާ