ވާދޫ ސްކޫލް، ރ. ވާދޫ
ދިވެހިރާއްޖެ
vaadhoo school ge security belehehtun

ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ

 

މިސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ މިސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 12 ޑިސެމްބަރ 2017 ވާ އަންގާރަ ދުވަހުގެ 11:00 ށް މިސްކޫލަށް ދުރުވެ މަޢުލޫމާތު ސާފްކުރެއްވުމަށް ފަހު 14 ޑިސެމްބަރ 2017 ވާ ބުރާސްފަތި ދުވަހުގެ 11:00 ގެ ކުރިން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. ސިޓީ ހުށަހަޅުއްވަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. އަދި ސިޓީ އުރައިގެ ބޭރުގައި " ސެކިއުރިޓީ ބަލަހައްޓައިދިނުމަށް އެދި " މިހެން ލިޔެފައި އޮންނަންވާނެއެވެ. އަދި ދަންނަވަމެވެ. މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ ސިޓީއާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅުއްވާ ސިޓީތައް ބާތިލް ކުރެވޭނެ ކަމުގައި ދެންނެވީމެވެ.

އަންދާސީ ހިސާބު ކެނޑުން އޮންނާނީ 14 ޑިސެމްބަރ 2017 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައެވެ. އަންދާސީ ހިސާބު ކެނޑުމަށް އެހެން ފަރާތަކުން ހާޟިރުވެލައްވާ ނަމަ އެކަން އަންގައިދޭ  ލިޔުމެއް  ހުށަހަޅަންވާނެއެވެ. އަދި މީގެ ކުރިން ސެކިއުރިޓީ  ބަލަހައްޓާފައިވާ ފަރާތެއް  ކުރިމަތިލާނަމަ، ސެކިއުރިޓީ ބެލެހެއްޓި  އޮފީހުގެ ލިޔުން (  ސެކިއުރިޓީ ބެލެހެއްޓި  ގޮތުގެ ) ސިޓީއާއި އެކު ހުށަހަޅަން ވާނެއެވެ. އަދި ދަންނަވަމެވެ. މިކަމަށް އެދި ކުރިމަތިލެވޭނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު 19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

06 ޑިސެންބަރު 2017
ހޯދާ