މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ވަޒީފާ ފުރުޞަތު

ކަނޑުމަހުގެ ދިގުމިނުގެ ހިސާބު ނެގުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ - ސާމްޕްލަރ

 

ވާރލްޑް ބޭންކާއި ދިވެހި ސަރުކާރާއި ގުޅިގެން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އިން ހިންގޭ [މޯލްޑިވްސް ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑެވެލޮޕްމަންޓް ޕްރޮޖެކްޓް] އަކީ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް އެސިސްޓެންސް (އައި.ޑީ.އޭ)ގެ ހިލޭ އެހީގައި މަސްވެރިކަމުގެ ޞިނާއަތް ތަރައްޤިކުރުމަށް ހިންގޭ ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓުން ހިންގޭ ކަނޑުމަސްވެރިކަމުގެ މަޢުލޫމާތު ނެގުމުގެ ޕްރޮގްރާމްގެ ދަށުން ށ. ފުނަދޫއިން ތިރީގައި ބަޔާން ކުރެވިފައިވާ  މަސައްކަތްތައް ކުރަމަށް ޝައުގެވެރިވާފަރާތެއް ހޯދުމަށް އެދި މިމިނިސްޓްރީއިން ހުޅުވާލަމެވެ.

މަޤާމް:                   ޓޫނާ ސާމްޕްލަރ

ބޭނުންވާ ޢަދަދު:             1 އެކެއް

މުއްދަތު:                  މަސައްކަތު އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން 1 އަހަރުދުވަސް

އުޖޫރަ:                   މަސައްކަތްކުރާ ކޮންމެ މަހަކަށް 4000/- ރުފިޔާ  (މަސައްކަތް ނުކުރާ ދުވަސްތަކަށް ކަނޑައެޅޭ އުޞޫލެއްގެ މަތިން އުޖޫރައިން އުނިކުރެވޭނެއެވެ)

މަސައްކަތް ކުރަންޖެހޭ ތަން:    ށ. ފުނަދޫ، މަސްވެރިކަން ކުރާ ދޯނީގައި

 

ކުރަންޖެހޭ މަސައްކަތް:

  • މަސްވެރިކަން ކުރާ ދޯނިން ކުރާ މަސްދަތުރުތަކުގައި ބާނާ މަހުގެ ގާތްގަނޑަކަށް %20 މަހުގެ ދިގުމިން ނެގުން. މި މަޢުލޫމާތު ނަގާނީ ހަފްތާއަކު 5 ދަތުރުގެއެވެ. ހަފްތާއަކު 5 ދަތުރަށްވުރެ މަދުން މަހަށްފުރި ނަމަ އެ ހަފްތާގެ ހުރިހައި ދަތުރުތަކަކުންނެވެ.
  • މަސްވެރިކަން ކުރާ ދޯނިން ކުރާ މަސްދަތުރުތަކުގެ އެހެނިހެން މަޢުލޫމާތު ނެގުން. މި މަޢުލޫމާތު ނަގާނީ ހަފްތާއަކު 5 ދަތުރުގެއެވެ. ހަފްތާއަކު 5 ދަތުރަށް ވުރެ މަދުން މަހަށް ފުރި ނަމަ އެ ހަފްތާގެ ހުރިހައި ދަތުރުތަކަކުންނެވެ.
  • މަސްވެރިކަމާއިގުޅޭ އެހެނިހެން މަޢުލޫމާތު ނެގުމުގައި އެހީތެރިވެދިނުން.

 

މަސައްކަތްކުރާ ފަރާތުގެ ޝަރުތު:

  • މިކަމަށް އެދި ހުށައަޅާ ފަރާތަކީ ދޮށީގެ މަސްވެރިކަމުގައި އުޅޭ، ގަވާއިދުން މަހަށްދާ މަސްވެރިއަކަށްވުން
  • ލިޔަންކިޔަން އެނގުން (ގްރޭޑް 10 އެއް ނިންމާފައިވާ ނުވަތަ އެއަށްވުރެ މަތީ ސަނަދުތައް ހުރި ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.)

 

މިމަސައްކަތައް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • މި މަސައްކަތަށް މީހަކު ހޮވުމުގައި، މަސްވެރިކަމުގެ ދިރާސާ މަސައްކަތްތަކުގައި މީގެ ކުރިން އެހީތެރިވެދީފައިވާ، ނުވަތަ މިފަދަ ކަންކަމުގެ ތަމްރީން/ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

 

މި މަސައްކަތް ކުރުމަށްޓަކައި ކެޔޮޅު ނުވަތަ އޮޑިވެރި ފަރާތުގެ ހުއްދަ ނެގުމާއި، އެހީތެރިކަން ހޯދުމަކީ މި މަސައްކަތައް ހޮވޭ ފަރާތެއްގެ ޒިންމާއެކެވެ.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. މި މަސައްކަތައް އެދި ހުށަހަޅާ ސިޓީ
  2. މިމަސައްކަތައް އެދި ހުށަހަޅާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  3. ލިބިފައިވާ ތަޢުލީމީ ސެޓިފިކެޓުތަކުގެ ކޮޕީ

 

މަސައްކަތައް އެދެންވީގޮތާއި ސުންގަޑި:

މި މަސައްކަތްކޮށްދޭން އެދޭ ފަރާތްތަކުން 7 ޑިސެމްބަރ 2017 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މެރިން ރިސާޗް ސެންޓަރ އަށް މިމަސައްކަތްކޮށްދޭން ޝަޢުގުވެރިކަންފާޅުކޮށް ސިޓީ ހުށަހެޅުއްވުން އެދެމެވެ. މިމަސައްކަތައް އެދޭ ލިޔުންތައް އީމެއިލް މެދުވެރިކޮށް ވެސް ބަލައި ގަނެވޭނެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ.

 

އިތުރު މަޢުލޫމާތު ހޯދުން: 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އާއި 14:00 ދެމެދު  3322328  ފޯނާއި ގުޅުއްވުން އެދެމެވެ.

 

10 ރަބީޢުލްއައްވަލު 1439

            

28 ނޮވެންބަރު 2017
ހޯދާ