މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް
ދިވެހިރާއްޖެ
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއަށް ޖަނަރޭޓަރު ސެޓަކާއިއެކު ކަރަންޓު ވިއުގައެއް ޤާއިމުކުރުމަށް ބޭނުންވެއްޖެ

އިޢުލާން

  ނަންބަރު:MMS-A/2017/31

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއަށް ޖަނަރޭޓަރު ސެޓަކާއިއެކު ކަރަންޓު ވިއުގައެއް ޤާއިމުކުރުމަށް ބޭނުންވެއްޖެ

 

އިޓަލީ ސަރުކާރުގެ ހިލޭ އެހީގެދަށުން މި ސަރވިސަސްގައި ހިންގާ މަޝްރޫޢެއްގައި، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއަށް ޖަނަރޭޓަރ ސެޓަކާއިއެކު ކަރަންޓު ވިއުގައެއް ޤާއިމުކުރުމަށް ބޭނުންވެއްޖެ. ވީމާ މި ސަރވިސްގެ ފަރާތުން މިކަމަށް ތައްޔާރުކޮށްފައިވާ ޑިޒައިންތަކާއި އެއްގޮތަށް ޖެނެރޭޓަރ ހައުސް އިމާރާތް ކުރުމާއި، ޑީސަލް ޖެނެރޭޓަރެއް އިންސްޓޯލްކޮށް ޑިސްޓްރިބިއުޝަން ނެޓްވާރކް ޒަމާނީ ފެންވަރަށް ތަރައްޤީކޮށް ބެލެހެއްޓުމަށް އެކަށީގެންވާ ތަޖުރިބާ ހުރި، އަދި މިފަދަ މަސައްކަތެއް ކުރުމުގެ ޤާބިލުކަން ލިބިފައިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ.

މަޢުލޫމާތު ސާފުކުރުން

މިކަމާއި ގުޅޭ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2017 ނޮވެމްބަރު 29 ވާ ބުދަ ދުވަހުގެ މެންދުރުފަހު 13:15 ގައި ހުޅުލޭގައި ޤާއިމުކުރެވިފައިވާ މޯލްޑިވްސް މީޓިއޮރޮލިޖިކަލް ސަރވިސްގައެވެ. މަޢުލޫމާތު ބައްދަލުވުމުގައި ބައިވެރިވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މި ސަރވިސް ގެ އީމެއިލް [email protected] އަށް އީމެއިލްގެ ޒަރިއްޔާެއިން 2017 ނޮވެމްބަރ 28 ވާ އަންގާރަ ދުވަހުގެ 16:00 ގެ ކުރީގައި އެންގެވުން އެދެމެވެ.

އަދި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިނުވާ ފަރާތްތަކަށްވެސް ބީލަމުގައި ބައިވެރިވެވޭނެ ވާހަކަވެސް ދަންނަވަމެވެ.   

އަންދާސީހިސާބު ހުށަހެޅުމާއި ހުޅުވުން

2017 ޑިސެމްބަރ 05 ވާ އަންގާރަ ދުވަހުގެ 13:00 ގައި މިނިސްޓްރީ އޮފް އެންވަޔަރމަންޓް އެންޑް އެނަރޖީގައި އަންދާސީ ހިސާބުތައް ހުށަހަޅުއްވަން ވަޑައިގަންނަވާ ފަރާތްތަކުގެ ހާޒިރުގައި އަންދާސީ ހިސާބުތައް ހުޅުވުން އޮންނާނެއެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް

މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އިތުރު މައުލޫމާތު ހޯއްދެވުމަށް މި އިދާރާގެ އީމެއިލް އެޑްރެސް [email protected]  އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި މި މަސައްކަތާއި ގުޅޭ މަޢުލޫމާތު ޝީޓު (ޓާރމްސް އޮފް ރިފެރެންސް) ތިރީގައި ލިންކް އިން ލިބިވަޑައިގަންނަވާނެއެެވެ.

http://www.meteorology.gov.mv/uploads/Power_Backup_Facility_ToR-Second_Tender.pdf

 

 

26 ނޮވެމްބަރު 2017

26 ނޮވެންބަރު 2017
ހޯދާ