މިނިސްޓްރީ އޮފް ޓޫރިޒަމް
ދިވެހިރާއްޖެ
ފަތުރުވެރިކަމުގެ ދުވަހާއި ގުޅޭ ހަރަކާތްތަކުގެ ސަޔާއި ކެއުމުގެ އިންތިޒާމް ރާވައި ހިންގާނެ ފަރާތެއް ހޯދުމަށް

އިޢުލާން

މިއިއުލާނަކީ މިމިނިސްޓްރީގެ ނަންބަރ: IUL)88-PS/88/2017/38) (07 ނޮވެމްބަރ 2017) އިއުލާނާއި ގުޅިގެން ހުށަހެޅުނު އެސްޓިމޭޓްތަކުގެ ތެރޭގައި ޝަރުތު ހަމަވާ 03 އެސްޓިމޭޓް ހުށަހެޅިފައި ނުވާތީ އެއިއުލާނު ބާތިލް ކުރުމަށްފަހު ކުރެވިފައިވާ އިއުލާނެކެވެ.

2017 ވަނަ އަހަރުގެ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިއަހަރުގެ ޑިސެމްބަރު މަހުގެ 16 އަދި 17 ވަނަ ދުވަހު މާލެ އަތޮޅު ތުލުސްދޫގައި ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ހަރަކާތްތަކަށް ބެނުންވާ ކެއުމާއި ސައި ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިމަސައްކަތް ކޮށްދިނުމަށް އެދޭ ފަރާތްތަކުން 28 ނޮވެމްބަރ 2017 ވާ އަންގާރަ ދުވަހުގެ 13:30 އަށް މިނިސްޓްރީ އޮފް ޓޫރިޒަމް، ވެލާނާގެ 05 ވަނަ ފަންގިފިލާ އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 04 ޑިސެމްބަރ 2017 ވާ ހޯމަ ދުވަހުގެ 13:30 އަށް މިނިސްޓްރީ އޮފް ޓޫރިޒަމްއަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި، މަޢުލޫމާތު ފުރިހަމަ ނުވާ އަންދާސީ ހިސާބު ބާތިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.

                                    

08 ރަބީއުލްއައްވަލް 1439

26 ނޮވެންބަރު 2017
ހޯދާ