މިނިސްޓްރީ އޮފް ޓޫރިޒަމް
ދިވެހިރާއްޖެ
ފަތުރުވެރިކަމުގެ ދުވަހާއި ގުޅޭ ހަރަކާތްތަކުގެ ދަތުރު ފަތުރު ރާވައި ހިންގާނެ ފަރާތެއް ހޯދުމަށް

އިޢުލާން

2017 ވަނަ އަހަރުގެ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިއަހަރުގެ ޑިސެންބަރު މަހުގެ 16 އަދި 17 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ބައެއް ހަރަކާތްތައް ބޭއްވުމަށް މާލެ އަތޮޅު ތުލުސްދޫއަށް ލޯންޗް ދަތުރު ތަކެއް ކޮށްދޭނެ ފަރާތެއް ހޯދަމަށް ކުރެވުނު އިއުލާން ނަންބަރު IUL)88-PS/88/2017/40) އަށް އަގު ހުށައަޅަން ހާޒިރުވެފައިވަނީ ދެ ފަރާތަކުންކަމުގައިވާތީވެ އެ އިއުލާން ބާތިލްކޮށް އަލުން އިއުލާން ކުރަމެވެ.

ވީމާ މިކަމަށް އެދި ޝައުގުވެރިވެލައްވާ ފަރާތްތަކުން 28 ނޮވެމްބަރު 2017 ވާ އަންގާރަ ދުވަހުގެ 13:30 އަށް ރީޖަންލް އެއަރޕޯޓްސް، ވެލާނާގޭ 11 ވަނަ ފަންގިފިލާ އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 05 ޑިސެންބަރު 2017 ވާ އަންގާރަ ދުވަހުގެ 13:30 އަށް މިނިސްޓްރީ އޮފް ޓޫރިޒަމް، ވެލާނާގޭ 5 ވަނަ ފަންގިފިލާ އަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތް ތަކުގެ އަންދާސީ ހިސާބާއި، މަޢުލޫމާތު ފުރިހަމަ ނުވާ އަންދާސީ ހިސާބު ބާތިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.

 

08 ރަބިޢުލްއައްވަލް 1439

26 ނޮވެންބަރު 2017
ހޯދާ