މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބިމެއް ކުއްޔަށް ދިނުމާބެހޭ

އިޢުލާން

ބިމެއް ކުއްޔަށް ދިނުމާބެހޭ

           މިރަށުގެ ބަނދަރު ސަރަޙައްދުގެ ދެކުނު ފަރާތުން އޮތް 40723 އަކަފޫޓްގެ ބިމެއް ( އައުޓްލައިން ޗާރޓްގައި ފާހަގަ ކުރެވިފައިވާ ) ވިޔަފާރި އުޞޫލުން ކުއްޔަށް ދިނުމަށް ފުރުޞަތު ހުޅުވާލަމެވެ.

            ވީމާ، މިބިން ވިޔަފާރިއުޞޫލުން ކުއްޔަށް ހިފަން ޝައުޤުވެރިވާ ފަރާތްތަތަކުން ތިރީގައި ބަޔާންކޮށްފައިވާ މަޢުލޫމާތާއި އެއްގޮތަށް " ކުލީބިމަށް އެދޭފޯރމް " މިއިދާރާއިން ބައްލަވައިގަތުމަށްފަހު، ބީލަން  ހުށަހެޅުއްވުން އެދެމެވެ.

ތަފްޞީލް

މުއްދަތު

ގަޑި

ތަން

ކުލީބިމަށް އެދޭ ފޯރމް ވިއްކުން

( ކުލީބިމަށް އެދޭ ފޯރމް ވިއްކުމަށް ހަމަޖެހިފައިވަނީ 2000.00 ރުފިޔާއަށް )

29 ނޮވެމްބަރ 2017 ވާ ބުދަ ދުވަހުން ފެށިގެން 10 ޑިސެމްބަރ 2017ވާ އާދިއްތަ ދުވަހަށް

ރަސްމީ ކޮންމެ ދުވަހެއްގެ 09:00 ފެށިގެން 12:00 އަށް

ހިންމަފުށީ ކައުންސިލްގެ އިދާރާ

ޕްރީބިޑް މީޓިންގ

12 ޑިސެމްބަރ 2017 އަންގާރަ ދުވަހު

13:30 ގައި

ހިންމަފުށީ ކައުންސިލްގެ އިދާރާ

ބީލަން ހުށަހެޅުން

( ކުލީބިމަށް އެދޭފޯރމް ހުށަހެޅުން )

24 ޑިސެމްބަރ 2017 ވާ އާދިއްތަ ދުވަސް

12:00 އަށް

ހިންމަފުށީ ކައުންސިލްގެ އިދާރާ

" ކުލީބިމަށް އެދޭފޯމް " ވިއްކާ އަގަކީ -/2000ރ ( ދެހާސް ރުފިޔާ ) އެވެ. ބިޑްގަންނަން ލިބޭނީ ކައުންސިލުން ދޫކުރާ ބިޑްފޯމް ގަތުމަށްއެދޭ ފޯމްފުރިހަމަކޮށް ހުށަހެޅުއްވުމުންނެވެ.  

           ފޯމް ހުށަހެޅުއްވުމަށް ކަނޑައެޅިފައިވާ ގަޑީގެފަހުން ގެންނަފޯރމްތަކާއި، ބިޑްފޯމް ގަންނަ ފަރާތް ނޫން އެހެން ފަރާތްތަކުން ހުށަހަޅާ ފޯމްތައް ބަލައި ގަނެވެން ނޯންނާނެކަން މިފުރުޞަތުގައި ދަންނަވަމެވެ. މިބިމާއި ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީގަޑީގައި 6642024 ނަންބަރު ފޯނާއެވެ.

           މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

22 ނޮވެންބަރު 2017
ހޯދާ