ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ސަޢޫދީ ޢަރަބިއްޔާގެ މަދީނާ އިސްލާމިކް ޔުނިވަރސިޓީގެ ތަމްރީނު ޕްރޮގްރާމާބެހޭ

ސަޢޫދީ ޢަރަބިއްޔާގެ މަދީނާ އިސްލާމިކް ޔުނިވަރސިޓީގެ ތަމްރީނު ޕްރޮގްރާމާބެހޭ:

 

 

05 ޖެނުއަރީ 2018 ގައި ސަޢޫދީ ޢަރަބިއްޔާގެ މަދީނާ ޔުނިވަރސިޓީގެ ފަރާތުން ރާއްޖޭގައި ހިންގުމަށް ހަމަޖެހިފައިވާ ޢަރަބިބަހާއި އިސްލާމީ ޘަޤާފަތުގެ 3 ހަފްތާގެ ތަމްރީނު ޕްރޮގްރާމް  މިއަހަރު ބާއްވާގޮތަށް ހަމަޖެހިފައިވަނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައެވެ.  މިޕްރޮގްރާމްގައި ބައިވެރިވާން އެދޭފަރާތްތަކަށް ދޫކުރާ ފޯމް  22 ނޮވެމްބަރު 2017 ވާ ބުދަ ދުވަހުން ފެށިގެން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ރިސެޕްޝަނުން އަދި އައި.ޔޫ.އެމްގެ ވެބްސައިޓުން (www.ium.edu.mv) ފޯމު ޑައުންލޯޑު ކުރެވެންވެސް ހުންނާނެއެވެ.

ވީމާ، މިޕްރޮގްރާމްގައި ބައިވެރިވާން އެދޭ ފަރާތްތަކުން، މިޕްރޮގްރާމްގައި ބައިވެރިވާން އެދޭފޯމު ފުރިހަމަ ކުރެއްވުމަށްފަހު، 10 ޑިސެމްބަރ 2017 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން ޔުނިވަރސިޓީގެ ރިސެޕްޝަނަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ.

 

އިތުރު މަޢުލޫމާތު ހޯދުމަށް:

ޓެލެފޯނު ނަންބަރު:   3022122 / 3022144  އަށް ގުޅުއްވުން އެދެމެވެ. 

 

03 ރަބީޢުލް އައްވަލް 1439

21 ނޮވެމްބަރު 2017

21 ނޮވެންބަރު 2017
ހޯދާ