ސެންޓަރ ފޮރ މެރިޓައިމް ސްޓަޑީޒް
ދިވެހިރާއްޖެ
ަފަޔަރ އެކްސްޓިންގުއިޝް ފުޅިތަށް ރިފީލް ކުރުމާއި ބެލެހެއްޓުމާ ބެހޭ

ފަޔަރ އެކްސްޓިންގުއިޝް ފުޅިތަށް ރިފީލް ކުރުމާއި ބެލެހެއްޓުމާ ބެހޭ

މިސެންޓަރުގެ ނަންބަރު 153- CMS/2017/06 އިޢުލާނަށް އެކަށީގެންވާ ފަރާތްތަކުން ކުރިމަތިލާފައި ނުވާތީ، އެއިޢުލާނު ބާޠިލުކޮށް އަލުން އިޢުލާނުކުރަމެވެ.

މިސެންޓަރުގައި ހިންގާ ކޯސްތަކުގެ ޕްރެކްޓިކަލް ޓްރެއިނިންގތަކަށް ބޭނުންވާ ފަޔަރ އެކްސްޓިންގުއިޝް ފުޅިތަށް ރިފީލްކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއެވެ.

1- ޕްރެކްޓިކަލް ޓްރައިނިންގ ތަކުގައި ބޭނުންކުރާ ފަޔަރ އެކްސްޓިންގުއިޝް ފުޅިތަށް ހުސްވުމުން އެފުޅިތަށް ރިފީލް ކުރުން.

2- ހުސްވާ ފުޅިތަށް ރިފީލް ކުރުމަށް ގެންދިޔުމާއި ގެނައުމުގެ މަސައްކަތްކުރުން.

3- ފުޅިތަކުގެ މެއިންޓަނަންސް މަސައްކަތްތަށް ކުރުން.

4- ފުޅިތަށް ހަލާކުވެ އަދި ބާވެ ބޭނުން ނުކުރޭވޭ ހާލަތުގައި މި ސެންޓަރުގެ މަޝްވަރާ އާއިއެކު އެމަސައްކަތް ކުރުން.

މަތީގައި ބަޔާން ކުރެވިފައިވާ  މަސައްކަތަކާއިބެހޭ އިތުރު ތަފްސީލް ދެވޭނެއެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އެސްޓިމޭޓްތައް ބަލައެއް ނުގަނެވޭނެއެވެ.

 މަޢުލޫމާތު ސާފުކުރެއްވުމަށާއި އެސްޓިމޭޓްތައް ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ، ވިލިމާލޭގައި (ކ.ވިލިނގިލީގައި) ހުންނަ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސެންޓަރ ފޮރ މެރިޓައިމް ސްޓަޑީޒަށެވެ.     

 

ތަފުސީލު

ތާރީޚު

ގަޑި

މަޢުލޫމާތު ސާފު ކުރެއްވުމަށް

29 ނޮވެމްބަރ 2017މ.

11:00

އަންދާސީ ހިސާބު ހުށަހެޅުއްވުން

06 ޑިސެމްބަރ 2017މ.

11:00

 

އިތުރު މަޢުލޫމާތު ބޭނުންފުޅުވެވަޑައިގަންނަވާނަމަ، 3390807 ނުވަތަ 3390983 ނަންބަރާ ގުޅުއްވުން އެދެމެވެ. 

21 ނޮވެންބަރު 2017
ހޯދާ